ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިން ގައުމަކަށް ސަފީރު ކަނޑައެޅުމަށް މަޖިލީހަށް، މުންދު އަދި އިރުތިޝާމް ހިމެނޭ!

ޝެއާރކޮށްލާ ކަހަލަދޯ؟

ބޭރުގެ ގައުމުތަކަށް އައްޔަން ކުރާ ސަފީރުންގެ ތެރެއިން ތިން ސަފީރެއްގެ ނަން ރައީސުލްޖުމްހުރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލީހަށް ފޮނުއްވުމުން ގައުމީ ސަލާމަތާއި، ހާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީއަށް އެ މައްސަލަ ފޮނުވައިފިއެވެ.

ސަފީރުކަމަށް އައްޔަނުކުރުމަށް ފޮނުވާފައިވާ ނަންތައް:

މުހައްމަދު ހުސައިން ޝަރީފް (މުންދު) – އެކުވެރި އަރަބި އިމާރާތް (ޔޫއޭއީ)

ޑރ. އިރުތިޝާމް އާދަމް – އިނގިރޭސިވިލާތް

ޑރ. އަލީ ނަސީރު – އެކުވެރި ދައުލަތުގެ ޖަމިއްޔާއަށް ރާއްްޖެއިން ކަނޑައަޅާ ދާއިމީ މަންދޫބުކަމަށް

މީގެ ތެރެއިން މުހައްމަދު ހުސައިން ޝަރީފްއަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ ސަރުކާރުގައި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރެވެ. އަދި ޖަޕާނަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމުގެ މަގާމާއި، އިތުރު އެހެން އިސް މަގާމުތައްވެސް މުހައްމަދު ހުސައިން ޝަރީފް ވަނީ ފުރުއްވާފައެވެ.

އިރުތިޝާމް ވަނީ ހެލްތް މިނިސްޓަރުކަމާއި، ޔޫތް މިނިސްޓަރުކަންވެސް އަދާ ކުރައްވާފައެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: