ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސަރުކާރުން އުޅުނީ އެއާޕޯޓު މަޝްރޫއު ވެސް ހުއްޓުވައި، ސައުދީން ކަޓެއް ލިބޭތޯ: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސައިން ޝަރީފު (މުންދު): ފޮޓޯ/ ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ މި ސަރުކާރަށް، އިގްތިސާދީ ގޮތުންނާއި މާލީ ގޮތުން ރާއްޖެއަށް ކުރިއެރުންތައް ގެނެވެން އޮތް ގޮތަކީ ކޮބައިކަން ވެސް ނޭނގޭކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ އިގްތިސާދީ އެންމެ ބޮޑު މަޝްރޫއަކީ ތިލަމާލެ ބްރިޖުންކަމަށް ބުނެ ދައްކަނީ ރަނގަޅު ވާހަކަތަކެއް ނޫންކަން ފާހަގަކޮށް މުންދު ވިދާޅުވީ، ރާއްޖޭގެ ބޮޑު މުސްތަގުބަލާއި ގުޅުން ހުރި އެންމެ ބޮޑު މަޝްރޫއެއް ފެއްޓެވީ ރައީސް އަބްދުﷲ ޔާމީން ކަމަށެވެ. ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ މެގަ ޕްރޮޖެކްޓަކީ އެއީ ދިވެހި އިގްތިސާދަށް އެންމެ ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއުއަށް ވާއިރު 2020 ގެ ކޮވިޑަށް ފަހު އެއާޕޯޓުގެ ޓާމިނަލް ބޭނުން ކުރެވޭ ގޮތަށް އޮތް ނަމަ އެހެން ގައުމުތަކަށް ވުރެ އަވަހަށް ރާއްޖެއަށް ހާލަތުން އަރައިގަނެވުނީސްކަމަށް މުންދު ވިދާޅުވި އެވެ.

އިގްތިސާދީ ގޮތުން ރާއްޖެ އޮތް ހިސާބުން، އިތުރު ހަރުފަތަކަށް ގެންދިއުމުގެ ސިއްރަކީ އެއާޕޯޓުގެ ޓާމިނަލް ނިންމުން ނަމަވެސް އެ މަސައްކަތް އެއްކޮށް ނިންމާނުލެވި އޮތީ މި ސަރުކާރުގެ އިހުމާލުންކަމަށް މުންދު ވިދާޅުވި އެވެ. ޝެޑިއުލްއާއި އެއްގޮތަށް މަސައްކަތް ކުރިޔަށް ގެންދިޔަ ނަމަ މިއީ 2021 އަށް ނިންމާލެވޭނެ މަޝްރޫއުއެއްކަމަށް އޭނާ ވިދާޅުވި އެވެ.

“އެއްކޮށް ނިމެން އޮތް މަސައްކަތެއް މިއީ 2021 ގަ. އަދި ތިބޭފުޅުންނަށް ފެނިވަޑައިގަންނަވާނެ، މިހާރު ވެސް އެތަން އެ ހުރި ހިސާބު.. އެވެސް ކޮބާ ސައުދީ މީހުންނަށް ޖެއްސުންކޮށް މަސައްކަތް ހުއްޓުވާލައި، ދިގު ދަންމާ.. ކަޓެއް ނަގަން”

މި ސަރުކާރުން ވެރިކަމަށް އައިސް އެއާޕޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިޔަ ކުންފުނިތަކަށް ދަތިވާނެ ފިޔަވަޅުތައް އަޅައި، އެ މީހުންގެ ޖީބަށް ފައިސާ ވަންނާނެ މަގުތައް ހޯދުމަށް މަސައްކަތް ކުރިކަމުގެ ތުހުމަތުކޮށް މުންދު ވިދާޅުވީ އެންމެ ފަހުން ސައުދީ ކުންފުންޏަށް އިތުރު ގޮތެއް ނެތިގެން ޖެހުނީ ފައިސާ އަލުން ދީ މަސައްކަތް ފަށަން ކަމަށެވެ. ނަތީޖާއެއްގެ ގޮތުގައި އެތައް ވަގުތެއް ގެއްލި، އޭގެ ތެރެއިން ކޮވިޑާއި ކުރިމަތިލާން ޖެހުނީކަމަށް މުންދު ވިދާޅުވި އެވެ.

“ވިސްނާވަޑައިގަންނަވާ، އެ ނިމިފަ އޮތް ނަމަ ކޮންފަދަ ރަނގަޅު ކަމެއް ތޯ އެއީ.. ކޮވިޑަށް ފަހު ދުނިޔޭގެ އެހެން ހުރިހާ ގައުމުތަކަށް ވުރެ ކުރިޔަށް ރާއްޖޭގެ ފަތުރުވެރިކަން ކުރިޔަށް ޖެހިލީސް ދެއްތޯ އެތައް ގުނައެއް.. ބަދުނަސީބުން އެތަން ނުނިމި އޮތީ” މުންދު

މުންދު ވިދާޅުވީ ރައީސް ޔާމީންގެ ވެރިކަން ނިމުމުގެ ކުރިން، އެއާޕޯޓުގެ މަޝްރޫއުތަކުގެ ތެރެއިން ހުޅުވި އައު ރަންވޭ ވެސް މި ސަރުކާރަށް ރަނގަޅު ގޮތުގައި ބޭނުން ކުރަން ނޭނގުނު ކަމަށެވެ. އަދި ބޭނުން ކުރަން ފެށި ނަމަވެސް، ސަރުކާރުގެ ހިދުމަތް ދޭނެ ގޮތުގެ ވިސްނުމާއި އެ ކެޕޭސިޓީ ނެތްކަމަށް އޭނާ ވިދާޅުވި އެވެ.

“އެހެންވީމަ އިސްކަން ދޭންވީ މަޝްރޫއުއަށް ވެސް ސަމާލުކަމެއް ނުދީ.. މި މީހުން އަމިއްލައިން ފޮނިކަނޑައި މި ކުރި މަސައްކަތް… ތަނބެއް ދެއްތޯ.. އަދި އެއެއް ވެސް ނެތް.. އަދި މިއީ އަޅުގަނޑުމެންގެ ބޮލުގައި ރިހޭނެ ކަމެއް އަދި.. އެކަމަކު ތިޔެއް އެޗެއް ހެދުނިއްޔާ ނޫނީ ދަންނަވަން ނުކެރޭނެ ނިމިދާނެއޭ ވެސް”

އިގްތިސާދާއި އަދި މާލީ ކަންކަމުގެ މައުލޫމާތު ސަރުކާރުގެ އިސްވެރިންނަށް ނޭނގޭކަމަށާއި، ލޯނުތައް ނެގުމުގައި އަމަލު ކުރަން ވީ އުސޫލަކީ ކޮބައިކަން ދެނެގަތުމަށް ކުރި މަސައްކަތެއް ނެތްކަމަށް މުންދު ވިދާޅުވި އެވެ. މި ސަރުކާރު ވެރިކަމަށް އައި ފަހުން އިންޑިއާއިން ނެގި ލޯނިތަކަކީ ބޮޑު އިންޓްރެސްޓު ރޭޓެއްގައި ނަގާ ލޯނަކަށްވާއިރު މި ފައިސާ އަނބުރާ ދައްކަން ޖެހެނީ އެހެން ބައެއްކަމަށް މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ރާއްޖެއަށް އދ. ގެ އާއްމު މަޖިލީހުގެ ރައީސްކަމުގެ ގޮނޑިއާއި އެކު އިގްތިސާދީ އަދި މާލީ އެތައް ފައިދާތަކެއް ކުރާނެކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވިއިރު އެ ވިދާޅުވާ އެންމެ ކުރިއެރުމެއް ވެސް ނެތް ކަމަށެވެ. އަދި ލިބުނު ފައިދާއެއް ނެތް ކަމަށް ވެސް ވިދާޅުވި އެވެ.

ވަރަށް ގަދަ
88%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 13%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: