ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ނަޝީދު އުޅުނީ ހުޅަނގުގެ މިންގަނޑުތަކަށް ރާއްޖޭގެ ޑިމޮކްރަސީ ބައްޓަންކުރަން: މުންދު

ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ހޯޕް ކޮންފަރެންސްގައި ވާހަކަދައްކަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު މީގެ 20 ނުވަތަ 18 ވަރަކަށް އަހަރު ކުރިން ފެށި މަސައްކަތަކީ ހުޅަނގުގެ މިންގަނޑުތަކަށް ރާއްޖޭގެ ޑިމޮކްރަސީ ބައްޓަންކުރުމުގެ މަސައްކަތްކަމަށް ޕީއެންސީގެ ނައިބު ރައީސް މުހައްމަދު ހުސެއިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.

ޕީޕީއެމް އިން 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޙާބަށް ތައްޔާރުވުމުގެ ގޮތުން ކުރިއަށް ގެންދިޔަ “ހޯޕް ކޮންފަރެންސް 2023” ގައި ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ދެން އަންނަން އޮތް ދައުރުގައި ސުޕަރ މެޖޯރިޓީ ހޯދާނީ ޕީޕީއެމްއިންކަމަށެވެ. އަދި އެއަށްފަހު މި ސަރުކާރުގައި ތިއްބެވި ބޭފުޅުން ގެނެސް، އެ މީހުންގެ މައްޗަށް އިންސާފު ގާއިމްކުރާނަންކަމަށް މުންދު ވިދާޅުވިއެވެ.

އޭގެ އިތުރުން މުންދު އޭނާގެ ވާހަކައިގައި ވިދާޅުވީ ރައީސް ސާލިހަކީ ޑިކްޑޭޓަރެއްކަމަށެވެ. އަދި ޑިކްޑޭޓަރެއްގެ ގައިގައި ހުންނާނެ ހުރިހާ ސިފައެއް ރައީސް ސާލިހުގެ ގައިގައި އެބަހުރިކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ، އޭނާ ހެދި ދިރާސާއިން ރައީސް ސާލިހަކީ ޑިކްޓޭޓަރެއްކަން ސާބިތުވެފައިވާކަމަށެވެ.

އަޅުގަނޑު ފުރަތަމަ ހީކުރީ މި ސިފަތަކުގެ ތެރެއިން ބައެއް ސިފަ އިބްރާހީމްގެ ގައިގައި ހުރެދާނެކަމަށް. ނިންމާލިއިރު މީގަ އޭނަ ގައިގައި ލާ ނުގަންނަ އެންމެ އެއްވެސް ސިފައެއް ނެތްކަން އެގިގެން މި ދިޔައީމަ، އެބަ އިގޭ ދެއްތޯ.

އިންސާނީ ހައްގުތަކާއި ބެހޭ ވާހަކަ ދައްކަވަމުން މުންދު ވިދާޅުވީ ރާއްޖެއަށް ފުރިހަމަ ނުވަތަ ޒަމާނީ އިންސާނީ ހައްގުތަކެއް ލިބެން ފެށީ 2004 ވަނަ އަހަރާއި ކައިރިން އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރެއްވި މަސައްކަތުންކަމަށް ވަރަށް ގިނަ ބަޔަކަށް ހީވާކަމަށެވެ. އަދި އޭރު އޮތް އުސޫލުތަކާއި، ނިޒާމުތަކާއި ބަދަލުކޮށް، އިންސާނީ ހައްގުތަށް ރާއްޖޭގެ ރައްޔިތުންނަށް ކަށަވަރުކޮށްދިނީވެސް ރައީސް ނަޝީދުކަމަށް ވަރަށް ގިނަ ބަޔަކަށް ހީވާކަމަށް މުންދު ވިދާޅުވިއެވެ.

ނަމަވެސް މުންދު ވިދާޅުވީ އިންސާނީ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކު ރާއްޖޭގައި ދިރިއުޅޭތާ އެތައް ސަތޭކަ އަހަރެއް ވެއްޖެކަމަށާއި، އަދި އެކަމުގެ ސަބަބަކީ ރާއްޖޭގައި ދިރިއުޅެނީ މުސްލިމުންކަމަށްވުމުންކަން އޭނާ ދޭހަކޮށްދިނެވެ.

މުންދު ވިދާޅުވި ގޮތުގައި މީގެ 20 ނުވަތަ 18 ވަރަކަށް އަހަރު ކުރިން ފެށީ ހުޅަނގުގެ، އެ މިންގަނޑުތަކާއި ފައި ހަމަވާ ގޮތަށް ރާއްޖޭގެ ޑިމޮކްރަސީ ބައްޓަންކުރުމުގެ މަސައްކަތެއްކަމަށެވެ.

ދުރުން ބަލަ މީހާއަށް ރާއްޖެއިން ވަރަށް ޑިމޮކްރެޓިކް ހަމަތަކެއް ފެނި، އިންސާނީ ހައްގުތައް ކަށަވަރުވެފައިވާކަމަށް ފެނުނު ނަމަވެސް އެއީ ކަން އޮތް ގޮތް ނޫންކަމަށް މުންދު ވިދާޅުވިއެވެ. އަދި ބޭރުގެ ގައުމުތަކުގައި ތިބި ބޭފުޅުންނަށް ގަބޫލުކުރެވިފައިވާ ކަންތައްތަކާއި ރާއްޖޭގެ އަސްލު ކަން ހިގަމުންދާ ގޮތް ވަރަށް ތަފާތުކަމަށް ފާހަގަކުރައްވާ މުންދު ވިދާޅުވީ، ލިޔުންތަކުގައި ކަން ހިގާ ގޮތްކަމަށް ލިޔެވިފައިވާ ގޮތާއިވެސް އަސްލާއި ތަފާތުކަމަށެވެ.

މިއީ “ބެނިފިޓް އޮފް ދަ ޑައުޓް” ލިބޭނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ކުރަމުންދާ މަސައްކަތްތަކެއްގެ ގޮތުގައި މުންދު ފާހަގަކުރެއްވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ބޮންމުންދުއަކީ ރޯބުހުތާންދޮގު ހަދަމުންދުވާމީހެއް، 2008އަހަރު އެމްޑީޕީއަށް ވެރިކަންލިބިއްޖެނަމަ އިސްލާމީ މަރުކަޒް ގޮށްވާލާފައި އެތަނުގައި ފައްޅިއެއް އަޅާނެކަމައް ބޮންމުއްދުބުނި، އެހެންނަމަވެސް އަދިވެސް އިސްލާމީ މަރުކަޒު އެބަހުރި، ބޮންމުންދު ހިއްސާވި ސަރުކާރުން މާލޭގަހުރި އާސާރީ މިސްކިތް ނަގާފަ އުކާލީ

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: