ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްފޯމަރު އިންސްޓޯލްކޮށް ފުވައްމުލަކު ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އިތުރު ޓްރާންސްފޯމަރެއް ބަހައްޓައި ފުވައްމުލަކު ސިޓީއަށް ދިމާވެފައިވާ ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ގެނެސްފިއެވެ.

ފެނަކައިން މިއަދު ބުނީ ފުވައްމުލަކަށް ދިމާވި ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް ގެންދެވުނު 4500 ކިލޯވޯޓުގެ ޓްރާންސްފޯމަރު އިންސްޓޯލް ކުރެވިފައިވާ ކަމަށެވެ. އަދި މިހާރު މުޅި ސިޓީއަށް ކަރަންޓު ދެވިފައިވާ ކަމަށްވެސް ބުންޏެވެ.

ފުވައްމުލަކަށް ދިމާވި ކަރަންޓު މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ޓްރާންސްފޯމަރެއް ގެނެސްފައިވަނީ އައްޑޫ ސިޓީންނެވެ.

މިމަހުގެ ދެވަނަ ދުވަހު ފުވައްމުލައް ސިޓީގެ ޓްރާންސްފޯމަރެއްގައި މައްސަލަ ޖެހުމުގެ ސަބަބުން ފެނާއި ކަރަންޓުގެ ހިދުމަތް އެ ސިޓީގެ ބޮޑު ބަޔަކަށް ވަނީ ކެނޑިފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: