ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިފަހަރު ރައީސް ސޯލިހުގެ ދިފާއަށް އެމަނިކުފާނުގެ ފެކްޝަން!

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްގެ ދިފާއުގައި އެމަނިކުފާނުގެ ފެކްޝަންގެ އެމްޑީޕީ ޕާލިމަންޓް ގްރޫޕް (ޕީޖީ) ގެ ބައެއް މެމްބަރުން ނިކުމެއްޖެ އެވެ.

މިކަން މިހެންވީ އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތައް އުފެދުމާއި ގުޅިގެން ސަރުކާރާއި ދެކޮޅަށް ޕާޓީގެ ބައެއް މެމްބަރުން ބަސް ބުނަމުންދިޔަ ވަގުތެއްގައެވެ. އަދި ނައީސް ނަޝީދުގެ ނަޒަރުގައި 2018 ވަނަ އަހަރު އެމްޑީޕީއާއި ވެރިކަން ހަވާލު ކުރި ސަބަބުތައް އޮޅި، އެމްޑީޕީގެ އަސާސްތަކާއި އުސޫލާއި ސަރުކާރުން ދަނީ ތަކުރާރުކޮށް ހިލާފުވަމުންކަމަށް ރައީސް ނަޝީދު ދަނީ ވަކާލާތުކުރަމުންނެވެ.

ރައީސް ސޯލިހާއި އެކު ސިޔާސީ ގޮތުން ދެން އިތުރަށް ކުރަން ބޭނުންވާ މަސައްކަތެއް ނެތްކަން ހާމަކޮށް، ރައީސް ނަޝީދު ވަނީ އެކަމާއި ގުޅޭގޮތުން ބަޔާނެއް އާއްމު ކުރައްވައި ބޭރުގެ ބައެއް މީޑިއާތަކަށް އިންޓަވިއު ދެއްވާފައެވެ. އޭގެ ކުރިން ވެސް ސަރުކާރު ރަނގަޅަށް ނުހިންގޭތީ އެމަނިކުފާނު ވަނީ ނުރުހުންފާޅު ކުރައްވާފަ އެވެ.

ރައީސް ގަބޫލު ކުރައްވާ ގޮތުން އެމްޑީޕީގެ އަސްލު އުސޫލުތަކާއި، ޕާޓީގެ ހަމަތަކާއި ހިލާފުވެ ރައީސް ސޯލިހު މަސައްކަތް ކުރައްވަނީ ކޯލިޝަން ޕާޓީތަކުގެ ނުފޫޒުގައި ޖެހިގެންނެވެ. އަދި ރިޔާސީ އިންތިހާބާއި، މަޖިލިސް އިންތިހާބަށް ފަހު އެމްޑީޕީން ކުރިމަތިލާން ޖެހުނު ލޯކަލް ކައުންސިލް އިންތިހާބުގެ ދަށް ނަތީޖާގެ ފުރިހަމަ ޒިންމާ ނަގަންޖެހޭނީ ސަރުކާރުންކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

މިގޮތުން އައިއީޑީއެއް ގޮއްވާލައި ދިން ޓެރަރިސްޓު ހަމަލާއާއި ގުޅިގެން ލިބުނު ސީރިއަސް ބޮޑެތި ޒަހަމްތަކައް ރައީސް ނަޝީދު ރާއްޖެއިން ބޭރުގައި ފަރުވާ ހޯއްދަވަމުން ގެންދަވާއިރު، އެމަނިކުފާނު އެނބުރި ގައުމަށް ވަޑައިގަންނަވަން ސަރުކާރުން ބޭނުން ނުވާކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އަދި ޕީއެންސީގެ ނައިބު ރައީސް އާދަމް ޝަރީފް އުމަރު ވިދާޅުވި ވިދާޅުވުމާއި ގުޅިގެން ހަސަން ލަތީފް ވަނީ ރައްޔިތުންގެ މަޖިލީހުގެ 241 ކޮމިޓީގެ ރިކޮމަންޑޭޝަންތަކަށް އަމަލު ކުރުމަށް ރާވާފައިވާ ގޮތް، އެނގިގެން ނޫން ގޮތަކަށް ރައީސް ނަޝީދު ރާއްޖެ ވަޑައިގަތުން ރަނގަޅެއް ނޫން ކަމަށް ވިދާޅުވެފައެވެ.

ނަޝީދަށް ދިން ހަމަލާގެ ތަހުގީގު ގާތުން ބަލަން އެމްޑީޕީން އުފެއްދި މިކޮމިޓީގެ މުގައްރިރު އަދި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވަނީ މެމްބަރުންގެ އެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާފައެވެ. އޭނާ ވިދާޅުވީ ފުލުހުންނާއި ކަމާބެހޭ އިދާރާތަކާ ބައްދަލުކުރާ ކޮންމެ ފަހަރަކު ފައިސާގެ މުއާމަލާތް ހިންގި ގޮތް ބަލައިދޭން އެދިވަޑައިގަންނަވާ ކަަމަށެވެ.

މި ހަމަލާއަށް ފަހުގައި އެމަނިކުފާނުގެ ހަށިކޮޅަށް އެތައް ޒަޚަމެއް ލިބިފައިވީ އިރުވެސް “މާ ބޮޑު ކަމެއް ނުވާ” ކަމަށް ބުނެ ނަޝީދުގެ ހާލުކޮޅު ރަނގަޅު ކަމަށް އަދާލަތު ޕާޓިއަށް ނިސްބަތްވާ ހޯމް މިނިސްޓަރު އިމްރާން ވިދާޅުވިކަމަށް އަފީފް ވިދާޅުވެ އެވެ. އަދި މިވަގުތު ރައީސް ޞާލިހްގެ އެންމެ އަރިސް ބޭފުޅުންގެ ގޮތުގައި މިހާރު ތިބީ އަދާލަތު ޕާޓިގެ މެންބަރުންކަމަށް އަފީފް ފާހަގަކުރައްވާފައިވާއިރު، މިކަމާއި ގުޅިގެން އަފީފް ވަނީ ރައީސް ޞާލިހް، މިހާރު އަދާލަތު ޕާޓީގެ މެންބަރަކަށް ނުވާކަންވެސް ޔަގީން ނުވާކަމަށް ވިދާޅުވެފައެވެ.

މެމްބަރު އަފީފްގެ މިވާހަކަފުޅަށް ރައްދުދެއްވަމުން މެންބަރު ޝަހީމް ވިދާޅުވީ، އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕްގެ އެއްވެސް މެންބަރަކަށް ރައީސް ސާލިހަށް ނިސްބަތްވާ ސިޔާސީ ޕާޓީ އޮޅޭނަމަ އެއީ އެބޭފުޅަކު އަމިއްލައަށް އޮޅުނީ ކަމަށެވެ.

މީގެއިތުރުންވެސް ސަރުކާރާއި ދެކޮޅަށް ބަސް ބުނާތީ އެޕާޓީގެ ބައެއް މެމްބަރުން ދަނީ އެއްޕާޓީއެއްގައިހުރެ މަސައްކަތްކުރަންޖެހޭނީ އެސަރުކާރަކުން ނެރެފައިވާ ސިޔާސަތާއި އެއްގޮތްވާގޮތުގެ މަތިންކަމަށާއި، ޕާޓީގެ ތެރެއިން ބައިބައި ނުވެ އުޅުމަށް ކަމަށް ބުނެ އެފަދައިން އަމަލު ކުރުމަށް ގޮވާލަމުންނެވެ.

މިގޮތުން ރައްޔިތުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވަނީ އެމްޑީޕީގެ މެމްބަރުން މަސައްކަތް ކުރަންޖެހޭނީ ސަރުކާރު ދިފާއު ކުރުމަށް ކަމަށް ވިދާލުވެފައެވެ.

ރައީސްގެ ދިފާއުގައި އައްޑޫ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފް (މަވޯޓާ) ވިދާޅުވީ ގާނުނު ވާންޖެހޭނީ އެންމެންގެ މަސްލަހަތު ހިމާޔަތް ކުރާ އެއްޗަކަށް ކަމަށާއި، ރައީސް ޞާލިހް އެ ހަމަތައް ހިފަހެއްޓުމަށް މަސައްކަތް ކުރުމުން، އެއީ ކޯލިޝަން ރުއްސުންކަމަށް ބުނެވޭނެ ޖާގައެއް ނެތް ކަމަށް ޝަރީފް ވިދާޅުވިއެވެ.

ޝަރީފް ވިދާޅުވީ ކޯލިޝަން ރުއްސަން ރައީސް ސޯލިހު ކުރެއްވިކަމެއް “ބޮޑުކުރާ ބިއްލޫރިން” ވެސް ނުފެނުނު ކަމަށެވެ. އަދި ރައްޔިތުންނަށް ވީ ވައުދު ފުއްދުން އެއީ އެ ރައްޔިތުންގެ ހައްގެއްކަމަށް ވެސް ޝަރީފް ވިދާޅުވި އެވެ.

ރައީސް ސޯލިހާއި ދެކޮޅުވެ ނަޝީދު ވިދާޅުވީ ޕީޕީއެމާއި، އެމްޑީޕީއަށް އެކުގައި މަސައްކަތް ކުރެވޭނެކަމަށް ގަބޫލު ކުރާ ކަމަށެވެ. އިދިކޮޅަށް ރައީސް ނަޝީދު އެންމެ ފުރަތަމަ ހުށަހެޅުމެއް، ހުށަހެޅުއްވީ 2023 ގެ ކުރިން ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ދެޕާޓީން އެކުގައި މަސައްކަތް ކުރުމަށެވެ. އެހެންނަމަވެސް އިދިކޮޅުގެ އެކި މެމްބަރުން ދަނީ މިކަމާއި ތަކުރާރުކޮށް އިންކާރުކުރަމުންނެވެ.

ވަރަށް ގަދަ
20%ވަރަށް ގަދަ 40%ވަރަށް ގަޔާވޭ 20%ބޮޑު ޖޯކެއް 20%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: