ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކުގައި އެކްސިޑެންޓެއް ހިނގައި ދެ މީހަކަށް އަނިޔާ ވެެއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލަކު ސިޓީގައި ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެއްޖެ އެވެ.

މި އެކްސިޑެންޓް ހިނގާފައި ވަނީ އެ ސިޓީގެ މައިލޯ ސްޓޭޑިއަމް ކައިރި ނައިބް ތުއްތު މަގުގައެވެ.

ފުލުހުން ބުނީ ފުވައްމުލަކު މައިލޯ ސްޓޭޑިއަމް ކައިރީ ދެ ސައިކަލެއް ޖެހި އެކްސިޑެންޓްވެފައިވާ ކަމަަަށެވެ. މި އެކްސިޑެންޓްގައި 28 އަހަރުގެ ފިރިހެނަކާއި 28 އަހަރުގެ އަންހެނަކަށް ވަނީ އަނިޔާވެފައެވެ.

ފުލުހުން ބުނީ އެކްސިޑެންޓުގައި އަނިޔާވި ދެމީހުންނަށް މިވަގުތި ފުވައްމުލަކު ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށާއި އެތަނުން އެކަކު އިތުރު ފަރުވާއަށް އައްޑޫ ސިޓީ ހޮސްޕިޓަލަށް ގެންދިޔުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.

ފުލުހުން އިތުރަށް ބުނީ ދެ ސައިކަލު ދުއްވާފައިވަނީ ވެސް ލައިސަންސް އޮންނަ ދެމީހުން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: