ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެންމެ ރަނގަޅު ގޮތަކީ ދަރިވަރުން ހާޒިރުވެ ކްލާސްތައް ކުރިޔަށް ގެންދިއުން: މިނިސްޓަރ

ދިރާސީ އައު އަހަރު ފެށުމުގެ ގޮތުން ރެހެންދި ސްކޫލުގައި ބޭއްވި ހާއްސަ އެސެމްބްލީގެ ތެރެއިން
ޝެއާރކޮށްލާ ކަހަލަދޯ؟

ކިޔަވާ ކުދިން ފިލާވަޅު ދަސްކުރުމަށާއި އެކުދިންނަށް ފިލާވަޅު ދަސްކޮށްދިނުމަށް އެންމެ މޮޅު ގޮތަކީ މުދައްރިސުންނާއި ދަރިވަރުން ކްލާހުން ބައްދަލުވުންކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެއެވެ.

ހުޅުމާލެ ރެހެންދި ސްކޫލްގައި މިއަދު ބޭއްވި ހާއްސަ އެސެމްބްލީގައި ވާހަކަދައްކަވަމުން މިނިސްޓަރ އައިޝަތު އަލީ ވިދާޅުވީ، ގިނަ މަދަރުސާތަކުގައި ކިޔަވައިދެމުން ދާނީ އާއްމު ހާލަތުގައި ކަމަށެވެ.

ސްކޫލަށް ހާޒިރުވެގެން ދަރިވަރުންނަށް ކިޔަވައިދިނުމުގެ ސަބަބުން، ސްކްރީނަށް ހޭދަ ކުރާ ވަގުތު ކުޑަވެ މީހުންނާއި ބަައްދަލުވެ ކުދިން އެކަކު އަނެކަކާއި ބައްދަލުވުން ރަނގަޅު އަސަރުތަކެއް ފެންނާނެކަން މިނިސްޓަރު ފާހަގަ ކުރެއްވި އެވެ. އަދި ވިދާޅުވީ ދަރިވަރުން މީގެ ކުރިން ގޭގައި ތިބެން ޖެހުމުގެ ސަބަބުން ކުރި އަސަރުތައް އެކީ ދާން ވަގުތު ނަގާނެ ކަމަށެވެ. އެހެން ނަމަވެސް ކުރިޔަށް އޮތް ދުވަސްތަކަކީ ދަރިވަރުންނަށް ފާގަތިކަން ލިބޭނެ ދުވަސްތަކެއްގެ ގޮތުގައި އުންމީދު ކުރާކަމަށް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

ދަރިވަރުންނަށް ދެއްވި މެސެޖުގައި، މިނިސްޓަރު ވަނީ ކުރިޔަށް ދިއުމަށް ގަދަ އަޅާ މަސައްކަތް ކުރުމަށް އިލްތިމާސް ކުރައްވާފަ އެވެ. އަދި ދަތިހާލުގެ ތެރެއިން ވެސް އުނގެނުމާއިގެން ކުރިޔަށް ދިއުމަށް ދަރިވަރުންނަށް އިލްތިމާސް ކުރި އެވެ.

މީގެ އިތުރުން މިނިސްޓަރ ވަނީ ދަރިވަރުންނަށް ކިޔަވައިދިނުމަށްޓަކައި މުދައްރިސުން ކުރާ ބުރަ މަސައްކަތް ސަރުކާރުން ބަލައިގަންނަކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ.

ކޮވިޑުގެ ހާލަތާއި ގުޅިގެން ކިޔަވައިދިނުމަށް އައި ދަތިތައް ފާހަގަކުރައްވައި މިނިސްޓަރ ވިދާޅުވީ މި އަހަރަކީ ފާއިތުވި އަހަރުގެ ތަކުރާރެއް ކަމުގައި ނުބެލުމަށެވެ. އަދި ދަރިވަރުންނަށް ކިޔަވައިދޭ ކޮންމެ ފިލާވަޅެއްގައި އައު ކުރިއެރުންތަކެއް ގެނައުމަށާއި، ކުރާ ކޮންމެ ކަމެއް ކުރިއަށްވުރެ ރަނގަޅަށް ކޮށް، ދަރިވަރުންނަށް ހެޔޮ ނަމޫނާއަކަށް ވުމަށް މިނިސްޓަރ ވަނީ ގޮވާލައްވާފަ އެވެ.

ކޮވިޑު ފެތުރުން ކަންޓްރޯލްކުރުމަށް ގިނަ ދުވަސްތަކަކަށް ސްކޫލްތައް ބަންދުކުރުމަށްފަހު ސްކޫލްތައް މިއަދު ވަނީ ހުޅުވާފައެވެ. އަދި ދަރިވަރުންނަށާއި ބެލެނިވެރިންގެ އިތުރުން މުދައްރިސުންނަށް މިއަދުގެ ތާރީހަކީ ހަނދާނުން ނުދާނެ ހާއްސަ ދުވަހަކަށް ވެގެންދާނެކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ. ރެހެންދި ސްކޫލްގައި ބޭއްވި މި ހާއްސަ އެސެމްބްލީ ޝަރަފްވެރިކުރުމަށް މިނިސްޓަރގެ އިތުރުން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހްވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: