ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހަކީ ކަނޑުކޮހެއް – ސައީދު 

ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު/ ފޮޓޯ: މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަކީ ކަނޑުކޮހެއް ކަމަށް މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.

ދިވެހިބަސް ފޮތް ބުނާ ގޮތުން ކަނޑުކޮސްގެ މާނައަކީ ތާކުންތާކު ނުޖެހޭ މީހާއެވެ.

ޕީޕީއެމް އިން މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަދައްކަވަމުން ސައީދުގެ ފާޑުކިޔުން ރައީސް ސޯލިހަށް އަމާޒު ކުރެއްވީ ޖީއެސްޓީ އާއި ޓީޖީއެސްޓީ ބޮޑުކުރަން ސަރުކާރުން ނިންމާފައި ވުމުންނެވެ. ސައީދު ވިދާޅުވީ ޓީޖީއެސްޓީ %12 އިން %16 އަށް އަދި ޖީއެސްޓީ %6 އިން %8 އަށް ބޮޑު ކުރުމުން މިއަހަރުގެ އާމްދަނީއަށް މިއިތުރުވަނީ އެންމެ ދެބިލިއަން ރުފިޔާ ކަމަށެވެ. އަދި އަންނަ އަހަރު 2.8 ބިލިއަން ރުފިޔާ ކަމަށެވެ.

“ރައްޔިތުންގެ ޖީބު ފެލައިގެން 2.8 ބިލިއަން އިތުރު ކުރަން މިއުޅެނީ ކީއްވެތޯ. އެބޭފުޅުން ގައުމުތަކަށް ދަތުރުކުރައްވަން. ކުޅިވަރު ކުޅުއްވަން.” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހްގެ ސަރުކާރުގެ ސިޔާސީ މަގާމުތައް ދުވަހަކު މައްޗަށް ނުދާ މިންވަރަށް މައްޗަށް ހިނގައްޖެ ކަމަށެވެ. މިހާރު ސަރުކާރުގައި 1400 އަށް ވުރެ ސިޔާސީ މަގާމުތައް ގިނަވެއްޖެ ކަމަށް ސައީދު ވިދާޅުވިއެވެ.

ރައީސް ސޯލިހަށް އިޝާރާތް ކުރައްވާ ސައީދު ވިދާޅުވީ “މިތާމިހިރީ ތަނެއް ކަހާލީމަ ހިރުވާވެސްލާ މީހެއް ނޫން.” ކަމަށެވެ. އެއީ “އެއްވެސް އެއްޗެއް ބުނީމަ އަޑެއް އިވޭ މީހެއް ނޫން.” ކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

ރައީސް ސޯލިހަށްވުރެ އަނިޔާވެރި ރައީސެއް މިރާއްޖޭގެ ތާރީޚް ދެކެފައި ނުވާކަމަށް ވެސް ސައީދު ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ރައީސް ސޯލިހަކީ އަނިޔާވެރިއެއް ކަމަށް ބުނަން ޖެހެނީ ރައްޔިތުންގެ ޖީބު ފެލައިގެން ފައިސާ އަތުލުމަށްފަހު އެފައިސާ އިން ވެސް ބޭކާރު ހަރަދު ކުރާތީއެވެ. އަދި ހަމަހިމޭންކަމާއި އެކު ހުންވައިގެން ވައްކަން ކުރެއްވުމަކީ ވެސް ރައީސް ސޯލިހްގެ އަނިޔާވެރިކަން ކަމަށް ސައީދު ވިދާޅުވިއެވެ. “އެއީ އަނިޔާވެރިކަން. ރައީސް ސޯލިހަށްވުރެ އަނިޔާވެރި ރައީސަކު މިރާއްޖެއަކު ނެތް. ވައްކަން ހަމަހިމޭންކަމާއިއެކުކޮށް ރާއްޖެ ދަރަނިވެރި ކުރި ވާހަކަ ދައްކަނީ އެބޭފުޅުންގެ 65 މެންބަރުން. އެބޭފުޅުން އެވިދާޅުވަނީ ރައީސް ސޯލިހަށްވުރެ ބޮޑު އަނިޔާވެރިއެއް ނެތް ކަމަށް. ރައީސް ސޯލިހަށްވުރެ ބޮޑު ވަގެއް ނެތް ކަމަށް.” ސައީދު ވިދާޅުވިއެވެ.

ސައީދު ވިދާޅުވީ ރައީސް ސޯލިހް އެތައް ހައްގެއް ހިފަހައްޓައިފި ކަމަށެވެ. “ގައުމު ވިއްކާލީމަ، ގައުމު އިންޑިއާއަށް ދިނީމި. އެމީހުން ތުއްތު ކުދިންނާއި ބެހުމުން ފުރުވާލުމުން އެކަމާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން މިކުރަނީ ހައްޔަރު. މިއީ އަނިޔާވެރިކަން ނޫންތޯ.” ސައީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: