ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާނޫނުން ލިބިދޭ ހަމަހަމަކަން ދެ އަތަށް ކިރިކިރި!

އެމްޑީޕީގެ ސްލޯޣަން "ތިލަފަތުގެ ރަމްޒް" ދައްކުވައިދޭ ފޮޓޯއެއް.
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީއަށް ނުވަތަ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށް 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ހޯދަވައިދެއްވުމަށްޓަކައި އަޑަށް ބާރުލައްވާ އެޕާޓީން ވަކާލާތު ކުރެއްވީ މިނިވަން ފަނޑިޔާރުގެ އެއް ގާއިމްކޮށްދެއްވާނަންކަމަށާއި ތަންމިނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި އެއްވެ އުޅުމުގެ މިނިވަންކަމާއި އަދުލު އިންސާފުގެ ހަމަހަމަކަން ދިވެހި ރައްޔިތުންނަށް ހޯދައިދޭނެކމަށެވެ. މިއީ އެމްޑީޕީން ރައްޔިތުންނަށް ވިއްކި މޮޅެތި ސްލޯގަންތަކެވެ.

މިއަދު ރާއްޖޭގައި ކަންކަން ހިގަމުންދާ ގޮތަށް ބަލާއިރު އެމްޑީޕީއާއި ސާލިޙް ވިއްކި މޮޅެތި ސްލޯގަންތައް ހަމަހަގީގަތުގައި ވެސް ސްލޯގަންތަކަކަށްވެ ނިމއްޖެއެވެ. ވެރިކަމަށް ވަޑައިގަތުމަށްފަހު ކަން ހިގަމުންދާގޮތަށް ނަޒަރު ހިންގާލަމާ ހިނގާށެވެ. އެ ވިދާޅުވި މިނިވަން ފަނޑިޔާރުގެއިން އިންސާފު ލިބެނީ ވަކި ބަޔަކަށެވެ. ތަން މިނަށް ހިޔާލު ފާޅުކުރުމުގެ މިނިވަންކަން އޮތީ ސަރުކާރާއި ސިޔާސީ ފިކުރު އެއް ގޮތް ސަރުކާރާއި މަސްލަހަތު އޮތް ފަރާތްތަކަށާއި ސާލިޙްއަށް ސަނާ ކިޔާ ނުވަތަ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ ހައްގުގައި ވާހަކަދައްކަވާ ފަރާތްތަކަށެވެ. އަދުލު އިންސާފުގެ ހަމަހަމަކަން އޮތީ އެމްޑީޕީގެ ތިލަފަތު ރަމްޒެކޭ ތަފާތެއް ނެތް ފަދައިން ދެ އަތަށް ކިރިކިރިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހިޔާލުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަން ހިފެހެއްޓިފައި އޮތް އޮތުން ނިމުމަކަށް ގެނެސް، ވެރިކަމުގެ ފަރާތުން ބޭނުންވާ ކޮންމެ ފަހަރަކު ޚިޔާކުފާޅުކުރުމާއި މީޑިޔާގެ މިނިވަންކަމުގެ ހައްޤު ނުހިފެހެއްޓޭނެކަން ކަށަވަރުކުރުން މިއީ ގުޅިފައިވާ ކޯލިޝަން ސަރުކާރުގެ ނުވަތަ ސޯލިހުގެ މެނިފެސްޓޯގައި ލިޔެ، ބެނާ ދަމައި ރަތް އަކުރުން ފަވައި، ދަށު ރޮގު ދަމައިގެން ރައްޔިތުްނަށް ދެއްކި ހުވަފެންތަކެކެވެ.

ކުރީ ސަރުކާރުން ކުލަ ނުޖައްސައިދިން މި ހުވަފެންތަކުގައި ކުލަ ޖެއްސުމަށް ކުލަ ފޮށި ހިފައިގެން ވަޑައިގެންނެވި ސަރުކާރުގެ ކުލަ ފަންސޫރުތަކުގެ ތުޑު ހަލާކުވީތޯވެސް މިއަދު ދިވެހި ރައްޔިތުން ބަލަން ބޭނުންވެއެވެ. ވެލި މުށަކަން ބާރު ކުރި ވަރަކަށް އަތުން ދޫވެގެން ދާނޭ ބުނާ ފަދައިން އަދުގެ ސަރުކާރުން ގާއިމް ކުރެއްވުމަށް ވަޑައިގެންނެވި ޑިމޮކްރަސީގެ ރިވެތި އުސޫލު މިއަދު އޮތީ، އަގައިން ދައްކަވާ ފަށުވި ވާހަކަތަކުގެ ސަބަބުން ދޫވެގެން ގޮސް އަތު ވާ ހިސާބުން ބޭރުގައެވެ.

މަޖިލީހުގެ ތަޅުމުގައި އާއި އެކިއެކި ޕްލެޓްފޯމްތަކުގައި އެބޭފުޅުން މިއަދު އެދައްކަވާ ވާހަކަތައް ދެއްކުމުން ދިވެހި ރައްޔިތުން ޖަހަނީ ޖޯކެވެ. އަމާޒުވަނީ ފާޑުކިޔުމެވެ.

ސަރުކާރު މިއަދު މިވަނީ އަމިއްލަ އަގަމަތީގައި ޓޭޕް އަޅާ، ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ވާހަކައާއި އެއްވެ އުޅުމުގެ ހައްގާއި، އަދުލު އިންސާފުގެ ހަމަހަމަކަމުގެ އިތުރުން މީޑިއާގެ މިނިވަންކަމުގެ ވާހަކައާއި ދީން ހިމާޔަތް ކޮށް އިސްލާމީ ރިވެތި އުސޫލު ރާއްޖޭގައި ފެތުރުމަށް ދެއްކެވި ވާހަކަތައް ހުއްޓާލައްވާ އެކަންތައްތަކުން އެކަރިހެރިވާންޖެހިފައެެވެ. މިކަންކަމުގައި ސާލިހުގެ ސަރުކާރު ދިޔައީ ޗޮކުންނެވެ. ވީ ބޮޑުތަނުން ފެއިލްއެވެ. މިއަށް ކިޔާނީ ބޮދު ބުޑަށް ސައި ކިޔުމެވެ. ސަރުކާރުން ކުޅޭނެ އިތުރު ކުޅިއެއް ނެތެވެ.

ގައުމުގައި ބޮޑެތި ފާހިޝް އަމަލުތައް އާންމުވެ، ފެތުރިގެންގޮސް އެކަމުގައި އިސްކޮށް އުޅުއްވި ފަރާތްތަކުން އިއުތިރާފުވީ ނަމަވެސް ކަމުގައި ބައިވެރިވީ ފަރާތްތަކާއިމެދު އެޅުނު ފިޔަވަޅެއްނެތެވެ. ދައުލަތުގެ އެންމެހާކަންކަން ހިނގަމުން ދަނީ އިސްލާމްދީނުގެ ތަރަހައިގެ ތެރޭގައިކަން ކަށަވަރުކުރުމަށް އައި ސަރުކާރުން ބަލަނީ އެބޭފުޅުން ވެރިކަމަށް އައުމަށްޓަކައި ބޯކިބާ ފޮތި ބަހައި، ބޯކިބާގެ ލޮނު ހެޔޮވަރު ކޮށްދިން ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރެވެތޯއެވެ.

ރައީސް ސާލިހާއި، ކޯލިޝަން ޕާޓްނަރ ޖުމްހޫރީ ޕާޓީގެ ލީޑާ ގާސިމް އިބްރާހީމް.

ދިވެހިރާއްޖެއަކީ ސައްތަ އިން ސައްތަ އިސްލާމީ ގައުމެއްގެ ގޮތުގައި ދަމަހައްޓައި، އިސްލާމްދީން ނޫން އެހެން ދީނަކަށް މިފަސްގަނޑުން ޖާގަ ނުލިބޭނެކަމަށް ވަކާލާތު ކުރައްވާ ވަޑައިގެން ބޭފުޅާ ހުންނެވީ ގައުމުގައި ބޮޑެތި ފާފަތަކައް އަރައިގަތުން އާންމުވެގެދާއިރުވެސް ހަނެވެ. ދިވެހި ރައްޔިތުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދިވެހިރާއްޖޭގައި އިސްލާމްދީނުގެ މަތިވެރި ޝިޢާރުތައް ދަމަހައްޓައި، ކުރިއެރުވުމަށް ވަޑައިގެންނެވި ސަރުކާރުގެ އިސް ސަފުގައި ތިބި ފަރާތްތަކުން ދަނީ ފާޅުކަން ބޮޑު ގޮޮތުގައި ދީނީ ޝިއާރުތަކުގައި ހުރި ކަންތައްތައް ފުނޑާލަމުންނެވެ.

މައްސަލަތައް ދަނީ ތަހުގީގު ކުރަމުންކަމަށް ބުނެ ފަރުޖައްސާލަނީއެވެ. މިނިވަން ފަނޑިޔާރުގެ ގާއިމް ކޮށްދެއްވާނަންކަމަށް ނުވަތަ ރައްޔިތުންނަށް އިންސާފު ހޯދައި ދިނުމަށް ހުރަސް އެޅޭ ސަބަބެއްކަމުގައި މި ސަރުކާރުން ފާހަގަކުރާ ގާނޫނުއަސާސީއަށް އިސްލާހު ގެނެސްދެއްވާނަންކަމަށް ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވީ މާދަމާއެވެ. ގާނޫނު ތަންފީޒް ކުރުން ލަސްވަނީނަމަ އެއީ އިންސާފަށް ނޫނެކޭ ބުނުމެވެ.

އިންސާފު ހޯދަވައިދެއްވާނަންކަމަށް ވިދާޅުވެ ސޯހިލުގެ މެނިފެސްޓޯގައި ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް، ނުހައްގުން ޖަލަށްލެވިފައިވާ ފަރާތްތަކާމެދު ކަންކުރެވުނު ގޮތް މުރާޖަޢާކުރާނެކަމަށްވެސްވެއެވެ. ނަމަވެސް އަބަދުވެސް އިވޭ އަޑަކީ އިދިކޮޅުގެ ކޮންމެވެސް ފަރާތްތެއް ހައްޔަރުކުރެވޭ އަޑެވެ. ނުވަތަ އިދިކޮޅުގެ ލީޑަރ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަމްދުލްގައްޔޫމްގެ ހިގަމުންދާ ޝަރީއަތްތަކަށް ނުފޫޒު ފޯރުވާ ވާހަކައެވެ. ޖޭއެސްސީ އިސްލާހު ކުރައްވަން ވެވަޑައިގެން ވައުދު ވީ ތަން އަދުގެ ސަރަުކާރުގައި ތިބި ބޭފުޅުންނަށް ނުވެސް އެނގޭ ކަހަލައެވެ. ދައުލަތުގެ ޚަޒާނާއިން ވަގަށްނަގައި ނުވަތަ ޚިޔާނާތްތެރިވެފައިވާ ފައިސާ ހޯދުން މެނިފެސްޓޯގައި ހިމެނިފައިވީއިރު އެ ހިޔާނާތްތަކުގައި ތުހުމަތުކުރެވޭ ފަރާތްތަށްވެސް ސިޔާސީ ފިކުރު ބަދަލުކުރައްޥާ ސޯލިހުގެ ފެކްޝަނަށް އަރައިވަޑައިގެންނެވީތީ، ފެންނަމުންދަނީ ހިޔާނާތް ތަހުގީގު ކުރުން އެއް ފަރާތެއްގައި ބާއްވާ ރައީސް ސާލިހާއިއެކު ސިޔާސީ މަޝްވަރާގެ މޭޒުގައި ބައިވެރިވެވަޑައިގަންނަވާ މަންޒަރެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާަގައި ތުހުމަތުކުރެވޭ ވިލިމާލޭ ދާއިރާގެ ކުރީގެ މަޖިލީސް މެންބަރު އަހްމަދު ނިހާން، ރައީސް ސާލިހާއިއެކު ސިޔާސީ މަޝްވަރާގެ މޭޒުގައި.

ދިވެހި ރާއްޖޭގެ ހާލަތު އެކިބާގައި ބާއްވާ ޖެހިގެން އޮތް އަވަށްޓެރި ސްރީ ލަންކާއަށް ބަލާލަމާ ހިގާށެވެ. އެގަުމުގެ އެތައް ރައްޔިތުންނެއްގެ އިންސާފާއި، ހައްގުތަކަކާއި ގުޅިފަވާ، ދިވެހި ސަރުކާރާއި ނުވެސް ބެހޭކަމެއްގެ ތެރެއަށް ސިޔާސީ ބޭފުޅުން ވިދާޅުވާފަދައިން އަތްބާނައިގަތީއެވެ. ކާޅު ކެޔަސް ‘ސޮއް’ ނުގޮވާށޭ ދިވެހި ހަރު ބަހުން ބުނަނީ އެކަމުން ހިތި ނަތީޖާއެއް ނިކުމެދާނެތީއެވެ. ރައްޔިތުން ތިބީ ސަރުކާރުން ހިންގާ އަމަލުތައް ނުވަތަ އިދިކޮޅުން ފާހަގަކުރާ ފަދައިން އެ ހިންގާ ޖަރީމާތަކުގެ ސަބަބުން ދިވެހި ރާއްޖޭގެ މިނިވަން ގެއްލިގެން ހިގައިދާނެކަމުގެ ބިރުގައެވެ.

ގައުމެއްގެ އިގްތިސާދު ފުނޑާލައި، ގައުމު ދަވާލީ އެ ފަރާތެއްކަމަށް ގައުމުގެ މެޖޯރިޓީ ރައްޔިތުން ގަބޫލުކުރައްވާ ލަންކާގެ ކުރީގެ ރައީސް ގޯޓަބަޔާ ރާޖަޕަކްސާ ފިއްލަވައި ސޯލިހުގެ ސަރުކާރުން ހިމާޔަތް ދިނީ އޭނާ އިންސާފުގެ ކުރި މައްޗަށް ގެނައިސްދިނުމަށް އެދި އެ ގައުމުގެ ރައްޔިތުން އެދި އިހްތިޖާޖުކުރަމުންދަނިކޮށެވެ. ދިގު ދިވެހި ތާރީހުގައިވެސް މި ނޫނީ ރައީސުލްޖުމްހުރިއްޔާކަމުގެ މަގާމުގައި ހުންނެވި ބޭފުޅާ ނިންމެވި ނިންމުމެއްގެ ސަބަބުން އެހެން ގައުމެއްގެ ރައްޔިތުން ރާއްޖޭގެ ފަސްގަނޑުގައި ކަމަކާއި ދެކޮޅަށް އަޑު އުފުލާފައެއް ނުވެއެވެ. އެތައް ރައްޔިތުންގެ އިހްސާސްތަކަކާއި ގުޅިފައިވާކަމަކަށް ނުވަތަ ހައްގަށް އެރިގަތީ އެބޭފުޅުން އެ ވިދާޅުވާ ހާރިޖީ ގުޅުމަށް ބުރު އަރާފާނެތީކަމަށް ބެލެވެއެވެ.

ގައުމުގެ އިޖްތިމާއީ ފޭރާން ހަލާކުވެ، ރާއްޖޭގެ ރައްޔިތުން ފަހުރުވެރިކަމާއިއެކު އެ ބުނާ ސައްތައިން ސައްތަ މުސްލިމު ގައުމުގެ ސިފަތައް ގައުމުން ގެއްލި، ސައްތައިން ސައްތަ މުސްލިމު ގައުމުގެ ޓެގު ނެއްޓި، އަދުގެ ސަރުކާރާއި ކަމާއި ބެހޭ ފަރާތްތަކުން އަވަދި ނެތި އުޅުއްވަނީ ހާރިޖީ ގުޅުއްތައް ވަރުގަދަ ކުރެވޭތޯއެވެ.

އެ ބުނާ 115 ވަނަ މާއްދާގެ ދަށުން ގާނޫނުން ލިބިދީފައިވާ ބާރުން ސާލިހުވެސް ގަރާރު ނެރުއްވާ ތަންފީޒު ކުރެއްވީ އެހެން ގައުމެއްގެ ދިދަ އާއިމެދު އިހުމާލު ވެއްޖެނަމަ ފިޔަވަޅު އަޅާނެ އުސޫލެވެ. އިސްލާމް ދީން ރަމްޒް ކުރުމަށްޓަކައި ހަދު ފަޅިލައިގެން ފަރުމާ ކޮށްފައިވާ ދިވެހި ދިދަ ފައިދަށުލައި ނުވަތަ ރޯކުރިކަމުގައިވީ ނަމަވެސް އަޅާނެ ފިޔަވަޅެއް  އެއްވެސް ގާނޫނަކުން ފެންނާކަށް ނެތެވެ. ކަންބޮޑުވަނީ އަވަށްޓެރި އިންޑިއާގެ ދިދަ އަށް އަމަލު ކުރާ ގޮތަކުން އެ ގައުމުގެ ބޮޑު ވަޒީރު އައިސްދާނެ ރުޅިގަނޑަކަށެވެ.

އިދިކޮޅުން އިންތިޒާމުކޮށްގެން ކުރިޔަށް ގެންދާ އިންޑިއާ އައުޓްގެ ހަރަކާތެއްގެ ތެރެއިން ފޮޓޯ: އަވަސް

ދެބަސް ނުވެވޭނެ ހަގީގަތަކީ އަދުގެ ސަރުކާރު ހިގަނީ ބަޔެއްގެ ނުފޫޒުގެ ދަށުންކަމެވެ. ސޯލިހަށް އެމަނިކުފާނުގެ އަމިއްލަ އަމުރުތައް ތަންފީޒު ކުރުމުގެ ބާރު ގެއްލިފައިވާކަން މިއީ ލޯމަތިން ފެންނަ ހުރި ކަންތައްތަކެވެ. އެ ބުނާ ގާނޫނުއަސާސީގެ ހަމަކަމާއި އެބޭފުޅުން އެ ގާއިމް ކޮށްދެއްވަން ވައުދުވެވަޑައިގެނެވި ޑިމޮކްރަސީ އޮތީ ރައީސް ނަޝިދު އެ ވިދާޅުވާ “އަނެއް ދިވެހި” ރާއްޖެގައި ކަމަށްވުންވެސް އެކަށީގެންވެއެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

  1. ނަޝީދު ތިލަަތްމާނަކުރަނީ އެޕާޓީގަ 2 ރައީސުން ތިބޭނެކަމަށް

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: