ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސޯލިހްގެ ސަރުކާރުން މުޅި ގައުމު ކުނިކޮށްފި – ޑރ.ޖަމީލް

ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި ޑރ. ޖަމީލް ވާހަކަދައްކަވަނީ/ ފޮޓޯ: ޕީޕީއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން މުޅި ދިވެހި ގައުމު ކުނިކޮށްފި ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހްމަދު ވިދާޅުވެއްޖެއެވެ.

“ސަންގު ޓީވީ”ގެ ޚަބަރަށް ފަހު ޕްރޮގްރާމްގައި މިރޭ ބައިވެރިވެވަޑައިގެން ޑރ.ޖަމީލް ވިދާޅުވީ އެމްޑީޕީގެ ދެވަނަ ވެރިކަން ކުރިއަށް ދާއިރު މުޖުތަމައުގައި ފާސިގު އެތައް އަމަލެއް އާއްމުވެއްޖެ ކަމަށެވެ.

“މުޅި މުޖުތަމައުން ދުވަނީ ކުނިވަސް. މިލެވަލްއަށް އެބައެއްގެ އަސާސްތައް ފުނޑާލީ (ރާއްޖެ ފިޔަވައި) ދެން ކޮންގައުމެއްގައިތޯ؟ މިހިނގި ފާހިޝްކަންކަން ފުލުހުންގެ އިންޓެލްއަށް ނޭންގި އޮންނާނެތޯ؟ އެނގޭނެ. ނަމަވެސް ސަރުކާރުގެ ފޯކަސް އެކަންތައްތަކަށް ނެތުމުން އެކަންކަން ނުހުއްޓުވެނީ. މިދެންނެވި ކަހަލަ އެއްވެސް ކަމެއް ސަރުކާރަކަށް ނުފެނޭ.” ޑރ.ޖަމީލް ވިދާޅުވިއެވެ.

ޑރ.ޖަމީލް ވިދާޅުވީ މިސަރުކާރުގެ ތެރޭގައި ކުށަކަށް ވަނީ ވަކިބާވަތެއްގެ ކުށެއް ކަމަށެވެ. “އަޅުގަނޑުމެން އެބަދައްކަން ރޯލް އޮފް ލޯގެ ވާހަކަ. މިސަރުކާރުގައި ކުށަކަށް ވަނީ އެންމެ ބާވަތެއްގެ ކުށެއް. އެއީ ފައިނޭންޝަލްކުށް. އެއީ ވެސް އެންމެ މީހެއްގެ މައްޗަށް. އެއީ ރައީސް ޔާމީންގެ މައްޗަށް ޖިންސީ ކަންކަމާއި، ދިނާއި ހިލާފު ވާހަކަ ދެއްކުން ކުށަކަށް ނުވޭ. މިއީ ސަމާސާ ވާހަކައެއް ނޫން.” ޑރ.ޖަމީލް ވިދާޅުވިއެވެ.

ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން)ގެ ބަރަހަނާ ފޮޓޯއެއް ލީކްވި ނަމަވެސް އެކަމާއި ގުޅޭ ގޮތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި މައްސަލައަށް ބަހުސް ކުރުމުގެ ފުރުސަތު ރައީސް ނަޝީދު ނުދެއްވުމުން ޑރ.ޖަމީލް ވަނީ އެކަމަށް ފާޑުވިދާޅުވެފައެވެ. ޖަމީލް ވިދާޅުވީ ބަރަހަނާ ފޮޓޯއަކީ ތުހުމަތެއް ނޫން ކަމަށާއި އެއީ ހެއްކެއް ކަމަށެވެ.

“ބަރަހަނާ ފޮޓޯއަކީ ތުހުމަތެއް ނޫން. އެއީ އެވިޑެންސެއް. ކޮބައިތޯ ބެސްޓް ޕްރެކްޓިސް. ދާދިފަހުން އިނގިރޭސިވިލާތުގެ މެންބަރަކަށް އޮޅިގެން ޕޯނޮގްރަފިކް ވެބްސައިޓަކަށް ވަދެވުމުން މަގާމުން އިސްތިއުފާ ދެއްވީ. މިދިވެހިރާއްޖޭގައި ރައްޔިތުން މަޖިލީހުގެ ރައީސް މިވިދާޅުވަނީ ބަހުސެއް ވެސް ނުކުރެވޭނެއޭ. ކޮބައިތޯ މިތަނުގައި ބެސްޓް ޕްރެކްޓިސް” ޖަމީލް ސުވާލު ކުރެއްވިއެވެ.

ޖަމީލް ވިދާޅުވީ ގައުމުގެ ބޮޑެތި މައްސަލަތަކަށް ރައްޔިތުންގެ މަޖިލީހުގައި ބަހުސް ނުކުރެވޭނަމަ ދެން ފެންނާނީ ހުދުމުހުތާރުކަންކަމަށެވެ.

 

ބަރަހަނާ ފޮޓޯތައް ލީކްވާ މީހުން ހައްޔަރު ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޖަމީލް ވިދާޅުވިއެވެ. އެމަނިކުފާނު ވިދާޅުވީ މީހަކު ހައްޔަރު ކުރަން ޖެހޭ ހުރިހާ ސަބަބެއް މިމައްސަލައިގައި ފުރިހަމަވާ ކަމަށެވެ. ތުހުމަތުތައް ކުރެވޭ މީހުންނަކީ ނުފޫޒުގަދަ ބައެއް ކަމަށާއި އަދި އެއީ ހެކިނައްތާލެވޭނެ ފަދަ ބައެއް ކަމަށާއި އެހެންކަމުން އެމީހުން ހައްޔަރުކުރަން ޖެހޭކަމަށް ޖަމީލް ވިދާޅުވިއެވެ.

“އެންމެ ބޮޑު މައްސަލައަކީ ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު. އޭނާ މަގާމަށް އައިގޮތް ވެސް ގާނޫނާއި ހިލާފު. އަދި ގިނަ ތުހުމަތުތަކެއް އެބަހުރި. ނާޒިމް ސައްތާރުގެ މައްސަލައެއް އެމްސީ ހަމީދު ބަލާނެ ކަމަށް ގަބޫލުކުރާނީ މޮޔައެއް.” ޖަމީލް ވިދާޅުވިއެވެ.

ޖަމީލް ވިދާޅުވީ މުހައްމަދު އިސްމާއިލް ފަދަ ބޭފުޅުންނަށް ބަންދުގެ މުއްދަތު އެދަނީ ޖަހަމުން ކަމަށާއި ނަމަވެސް ބަރަހަނާ ފޮޓޯތަކުގެ މައްސަލައިގައި މީހަކު ހައްޔަރުވެސް ނުކުރާކަމަށެވެ. އެހެންކަމުން ހަމަހަމަކަމާއި އިންސާފު އޮތްމިންވަރު މިކަންކަމުން އެނގިވަޑައިގަންނަވާނެ ކަމަށް ޖަމީލް ވިދާޅުވިއެވެ.

ދީނާއި ދުރަށް ދިވެހި މުޖުތަމައު ގެންދިއުމަށް ރޭވިގެން ކަންތައްތަކެއް އެބަކުރާކަމަށް ޖަމީލް ވިދާޅުވިއެވެ. “ދީނާއި ހިލާފަށް ކުރާކަންކަމަށް ފިޔަވަޅު ނާޅާކަމަށް ކުރާ ތުހުމަތުތަކުގައި ހަގީގަތެއް އެބަހުރި. ޖަމިއްޔާތަކުން ނެރުނު ރިޕޯޓްތައް އެބަހުރި. އުތެމަ ފަދަ ޖަމިއްޔާތަކުން ނެރެފައިވާ ރިޕޯޓްތަކަކީ ތޯތޯ ވާހަކައެއް ނޫން.” ޖަމީލް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: