ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމުގެ މައްޗަންގޮޅީ ބައްދަލުވުން ބާއްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނާއި، ފައިނޭންޝަލް ޕްލޭނާއި، އަންނަ އަހަރަށް ލަފާކުރާ ބަޖެޓާއި، އެކްޝަން ޕްލޭނަށް ޚިޔާލު ހޯދުމުގެ މައްޗަންގޮޅީ ރައްޔިތުންގެ ބައްދަލުވުން ބާއްވައިފިއެވެ.

މި އޮގަސްޓް މަހުގެ 10 ވަނަ ދުވަހުގެރޭ ބޭއްވި މި ބައްދަލުވުން އޮތީ ކުރީގެ ޖަމާލުއްދީން ސްކޫލުގެ ހޯލުގައެވެ.

މޭޔަރ ޑރ. މުޙައްމަދު މުޢިއްޒު، މި ބައްދަލުވުމުގައި ކައުންސިލްގެ ޕްލޭންހުށަހެޅުއްވިއެވެ. މީގެ އިތުރުން މިހާރު ހިނގަމުންދާ ބައެއް މަޝްރޫޢު ތައް ތަފްޞީލްކޮށްދެއްވިއެވެ.

ޚާއްޞަކޮށް މައްޗަންގޮޅިއަށް ހުރި މަޝްރޫޢުތައް ހާމަކުރެއްވިއެވެ. އެގޮތުން މަގުހެދުމުގެ މަޝްރޫޢުތަކާއި ބިން ބޭނުންކުރުމަށް ކުރެވިދާނެ ކަންތައްތަކާއި، ޕާކިންގް މައްސަލަތަކުގެ ވާހަކަތައް ހިއްސާކުރެއްވިއެވެ.

މައްޗަންގޮޅީގެ ގިނަ ޢަދަދެއްގެ ރައްޔިތުން ބައިވެރިވި މި ބައްދަލުވުމުގައި ސިޓީ ކައުންސިލްގެ މަސައްކަތްތަކާބެހޭ ގޮތުންނާއި އަދި އެކިއެކި ކަންކަމާމެދު ދެކޭ ގޮތް ހުށަހެޅުއްވިއެވެ. މޭޔަރގެ އިތުރުން މައްޗަންގޮޅީ މެދު ދާއިރާގެ ކައުންސިލަރ އަޙުމަދު ޟަމީރު މި ބައްދަލުވުމުގައި ރައްޔިތުންނާ މުޚާޠަބްކުރެއްވިއެވެ.

ބައްދަލުވުންތައް ތާވަލުކުރެވިފައިވާގޮތުން ދެން އެންމެ އަވަހަށް އޮންނާނީ މާފަންނު ބައްދަލުވުމެވެ. މާފަންނު ބައްދަލުވުން އޮންނާނީ 12 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހެންވޭރު ބައްދަލުވުން އޮންނާނީ 14 ވަނަ ދުވަހުގެރޭ 8:30 ގައެވެ. ހުޅުމާލޭ ބައްދަލުވުން އޮންނާނީ 22 ވަނަ ދުވަހުގެރޭ 8:30 ގައެވެ. މި ބައްދަލުވުންތައް އޮންނަ ތަން ފަހުން އިޢުލާންކުރެވޭނެއެވެ.

ރޭގެ ބައްދަލުވުމުގައި ކައުންސިލަރުންނާ، އަންހެނުންގެތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެމްބަރުންނާ، ސިޓީ ކައުންސިލްގެ ސެކްޝަންތަކުގެ ވެރިންނާ މުވައްޒަފުންބައިވެރިވެވަޑައިގަތެވެ. 2 ގަޑިއިރަށް ދެމިގެންދިޔަ މި ބައްދަލުވުން ޓީ.ވީ އިންނާއި އެފްބީއިން ލައިވްކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: