ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގާސިމް ބޭނުންވަނީ އެލާގެ ބަދަލުގައި ރިސޯޓެއް ހަދަން ފަޅެއް!

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރަހިމް
ޝެއާރކޮށްލާ ކަހަލަދޯ؟

ތ. އެލާގެ ބަދަލުގައި ރިސޯޓެއް ހަދަން ފަޅެއް ދޭން ޖުމްހޫރީ ޕާޓީ (ޖޭ.ޕީ)ގެ ލީޑަރ އަދި ވިލާ ގްރޫޕްގެ ޗެއަމަން ގާސިމް އިބްރާހިމް އެދިވަޑައިގެންފި އެވެ.

ރިސޯޓެއް ތަރައްގީކުރުމަށްޓަކައި ވިލާ ކުންފުންޏަށް ދޫކޮށްފައިވާ އެލާ ސަރުކާރުން ނެގުމަށް ނިންމާފައިވާކަމަށާއި، އެރަށުގެ ބަދަލުގައި ފަޅެއް ދިނުމަށް ގާސިމް ހުށަހަޅާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އަދި އެކުންފުނިން ބެލި ބެލުމުގައި ރިސޯޓެއް ތަރައްގީކުރުމަށް ކާރި ސަރަހައްދުތަކުން ހުސްކޮށް އެއްވެސް ރަށެއް ފެނިފައިނުވާކަމަށް ގާސިމް ވިދާލުވެފައިވެއެވެ.

ވިލާއަށް ދޫކޮށްފައިވާ ތ. އެލާ ސަރުކާރަށް ނަގަން ނިންމުމާ ގުޅިގެން ގާސިމް ފުރަތަމަ އެދިވަޑައިގެންނެވީ ތ. ކަނިމީދު ނުވަތަ ތ. ކަޅުފަހަލަފުށި ދޫކޮށްދެއްވުމަށެވެ.

ނަމަވެސް އެ ދެރަށްވެސް ދޫކުރެވެން ނެތް ކަމަށް ސަރުކާރުން އަންގާވައިވާ އެންގުމާއި ގުޅިގެން ގާސިމް ވަނީ އދ. ފެންފުށީގެ ހުޅަނގު އުތުރު ފަޅުން ބިން ހިއްކައިގެން ރިސޯޓެއް ތަރައްގީކުރުމަށްޓަކައި އެފަޅު ހަމަޖައްސައިދިނުމަށް އެދިފަ އެވެ.

އަދި މިގޮތަށް ހިއްކައިގެން ރިސޯޓު ހެދުމަށް ފަޅު ދޭއިރު ރިސޯޓު ހެދުމަށް 8 އަހަރު ދުވަހުގެ މުއްދަތެއް ދޭއިރު، އެއްބަސްވުމުގެ މުއްދަތު 99 އަހަރަށް ހަދައިދިނުމަށްވެސް ގާސިމް އެދިފައިވެ އެވެ.

މިހެން މިކަން ކުރުމަށް ނިންމީ، ފަޅުރަށެއް ކަމުގައިވާ އެލާގައި ރިސޯޓެއް ހެދުމަށް ވުރެ ފަޅު ހިއްކައިގެން ރިސޯޓެއް ހެދުމަށް ބޮޑެތި ހަރަދުތަކަކާއި ގިނަ މަސައްކަތްތަކެއް ކުރަންޖެހޭނެތީ ކަމަށް ގާސިމް ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: