ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޖަޕާނުގެ އެހީގައި ސީއެމްބިއުލާންސް ހޯދުމުގެ މަޝްވަރާތަކެއް!

ސަފީރު ކެއިކޯ ޔަނާއީއާ ނައިބު ރައީސް ބައްދަލުކުރެއްވުން
ޝެއާރކޮށްލާ ކަހަލަދޯ؟

ޖަޕާނުގެ އެހީގައި ރާއްޖޭގައި ސީ އެމްބިއުލާންސް ހޯދުމާއި، ކުނި ނައްތާލުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ހަމަޖެހިއްޖެއެވެ.

މި މަސައްކަތްތައް ކުރިއަށްގެންދިއުމަށް ޖަޕާނު ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކެއިކޯ ޔަނާއީ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ވަނީ މިއަދުުގެ ވަގުތެއްގައި މަޝްވަރާ ކުރައްވާފައެވެ. ދިވެހިރާއްޖެއާއި ޖަޕާނާ ދޭތެރޭ ޤާއިމުވެފައިވާ ޒަމާންވީ ރަޙްމަތްތެރި ގުޅުމުގެ މައްޗަށް ދެ ބޭފުޅުން ވަނީ ވާހަކަދައްކަވާފައެވެ.

ޖަޕާނު ސަފީރު ވަނީ ވެކްސިން ހަދިޔާކުރުމުން ފެށިގެން ބޮޑެތި އެކި މަޝްރޫޢުތައް ހިމެނޭހެން އެކި ދާއިރާތަކުން ޖަޕާނު ސަރުކާރުން ރާއްޖެއަށް ފޯރުކޮށްދީފައިވާ އެހީތެރިކަމަށް ބައްލަވައިލައްވާފައެވެ. އަދި ކުރިޔަށް އޮތް އަހަރުތެރޭގައި ޖަޕާނު ސަރުކާރުގެ އެހީގައި ރާއްޖޭގައި ހިންގުމަށް ރާވާފައިވާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތާއި ގުޅޭގޮތުން ވާހަކަދައްވާފައިވެއެވެ.

އެގޮތުން ސީ އެމްބިއުލާންސް ހޯދުމާއި، ކުނި ނައްތާލުމުގެ ދާއިރާގެ އިތުރުން މީހުން ބިނާކުރުމުގެ ދާއިރާއިން އެދެބޭފުޅުން ވަނީ މަޝްވަރާކުރައްވާފައެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވި އެހީތެރިކަން  މާލޭގެ ބޭރުތޮށްޓަށް ނުވަތަ ރާއްޖޭގެ އެކި އެކި ސްކޫލްތަކާއި ޞިއްޙީ މަރުކަޒުތަކަށް ބަލައިލިކަމުގައިވިޔަސް މިހާރުވެސް ފެންނަމުންދާ ކަން ފާހަގަކުރައްވައި ޝުކުރު ދަންނަވާފައެވެ. އަދި، އެމަނިކުފާނު ވަނީ މީހުން ބިނާކުރުމާއި، ޚާއްޞަކޮށް ޒުވާނުންގެ ޤާބިލުކަން އިތުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މުހިންމު އެއް ރިޔާސީ ވަޢުދުފުޅުކަންވެސް ފާހަގަކުރައްވާފައެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެ ބޭފުޅުން ވަނީ ދެޤައުމުގެ ކޮވިޑް-19 ގެ އެންމެ ފަހުގެ ޙާލަތާއި ބެހޭގޮތުން މަޝްވަރާކުރައްވާފަ އެވެ. އަދި، ދެބޭފުޅުން ވަނީ ދެޤައުމުގެ ގުޅުން ކުރިޔަށް އޮތް ދުވަސްތަކުގައި އިތުރަށް ވަރުގަދަކުރެއްވުމަށް މަސައްކަތްކުރައްވާނެކަމުގައި ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: