ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެކްސިން ނުޖަހާ ސަރުކާރުގެ މުވައްޒަފުން ޕީސީއާރު ޓެސްޓު ހެދުން ލާޒިމުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް ވެކްސިން ނުޖަހާ ސިވިލް ސާވިސްގެ މުވައްޒަފުން އަންނަ މަހުން ފެށިގެން ކޮންމެ ދެ ހަފުތާއަކުން ނެގެޓިވް ޕީސީއާރު ޓެސްޓެއް ހަދައި އެ ހުށަހަޅަން ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން ލާޒިމުކޮށްފި އެވެ.

ސިވިލްސާވިސް ކޮމިޝަނުން ބުނީ ވެކްސިން ފުރިހަމަ ނުކުރާ މުވައްޒިފުން އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން އޮފީހަށް ނިކުނަން ޖެހޭނީ ޕީސީއާރު ހައްދާ އޭގެ ނެގެޓިވް ނަތީޖާއާއެކު ކަމަށެވެ. އަދި ވެކްސިން ފުރިހަމަ ކުރެވެންދެން ކޮންމެ ދެ ހަފްތާއަކުން ޕީސީއާރު ހަދާ ނެގެޓިވް ނަތީޖާ ހުށަހަޅަން ވަނީ އަންގާފައެވެ.

ސަރުކާރުގެ ހުރިހާ އޮފީހަކުން މި ގަވާއިދަށް އަމަލުކުރާކަން ކަށަވަރު ކުރުމަށާއި ވެކްސިނަށް ޝަރުތު ހަމަވި ނަމަވެސް އެއްވެސް ޑޯޒެއް ނުޖަހާ މުވައްޒަފުން ވެކްސިން ޖެހުމަށް އެ ކޮމިޝަނުން ވަނީ ސަރުކާރުގެ ހުރިހާ އިދާރާތަކަށް އިލްތިމާސް ކޮށްފަ އެވެ.

ކޮވިޑުން ދިފާއުވުމަށް ރާއްޖޭގައި ދެމުންގެންދާ ވެކްސިން ނުޖަހާ ފަރާތްތަކަށް ދަތިތަކާއި ކުރިމަތިވާނެ ކަން މީގެ ކުރިންވެސް އަންގާފައި ވެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: