ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބްރެޒިލް އިން ރާއްޖެ އައި މީހެއްގެ އަތުން 15.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފި

ޝެއާރކޮށްލާ ކަހަލަދޯ؟

ބްރެޒިލުން ރާއްޖެ އައި މީހެއްގެ އަތުން 15.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިއެވެ.

ކަސްޓަމްސް އިން ރޭ ބުނީ މިއަދު މެންދުރުފަހު ރާއްޖެ އައި އުމުރުން 31 އަހަރުގެ ބްރެޒިލް އަންހެނެއްގެ އަމަލުތައް ހުރި ގޮތުން އެމީހާއާ މެދު ޝައްކުކުރެވިގެން އޭނާގެ ލަގެޖު ބަލައި ފާސްކުރި އިރު، ލަގެޖުގެ ތެރެއިން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވާ ކަމަށެވެ.

ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓު ކުރި އިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމުގައިވާ ކޮކެއިން އަށް ޕޮޒިޓިވްވެފައިވާ ކަމަށާއި އެމީހާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތީގެ ޖުމުލަ ބަރުދަނުގައި 3.197 ކިލޯގުރާމު ހުރި ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ.

ކަސްޓަމްސް އިން ބުނީ އެ މައްސަލައިގައި އަތުލައިގަނެވުނު މަސްތުވާތަކެތީގެ މަގުމަތީ އަގު 15،985،000 (15.9 މިލިއަން) ރުފިޔާއަށް އަރާ ކަމަށާއި އެ މައްސަލައިގައި ޝާމިލުވާ މީހާ އާއި އަތުލައިގަނެވުނު މަސްތުވާތަކެތި، އިތުރަށް ތަހުގީގުކުރުމަށްޓަކައި ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: