ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެޗްޑީސީން ބުނީ ކުލި ކުޑަކޮށްދެވެން ނެތް ކަމަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތަކަށް ކުއްޔާއި ސާވިސް ފީ އާއެކު ދައްކަންޖެހޭ ޖުމުލަ އަދަދަށް ބަދަލެއް ގެނެވެން ނެތްކަމަށް އެޗްޑީސީން ބުނެފިއެވެ.

ހިޔާ ފްލެޓްތަކުގެ އެގްރީމެންޓްގައި ސޮއިކުރަމުން ގެންދާ ހުރަވީ ސްކޫލްގައި ހުންނަވައިގެން މީޑިއާތަކަށް މައުލޫމާތު ދެއްވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހްމަދު މިއަދު ވިދާޅުވީ ފްލެޓްތަކުގެ ސާވިސް ފީއާ އެކު ކުލީގެ ގޮތުގައި ކަނޑައަޅާފައިވާ 8،500ރ. އަށް ބަދަލެއް ގެނައުމަށް ނިންމާފައިނުވާ ކަމަށާއި ފްލެޓް އެޅުމަށް ނަގާފައިވާ ލޯނު ދެއްކެން އޮތީ ކުއްޔަށް އެވަރު ނަގައިގެން ކަމަށެވެ.

“އަދިއެއް އިތުރު ބަދަލެއް އައިސްފައެއް ނެތް ކުއްޔަކަށް. ހަމަ ކުރިން ކަނޑައެޅިފައި އޮތް ގޮތަށް 8500 ރުފިޔާ ކުއްޔަކީ،” ސުހައިލް ވިދާޅުވި އެވެ.

ސުހައިލް ވިދާޅުވީ ފްލެޓްތަކަށް ވަންނައިރު އަސާސީ ހިދުމަތްތައް ވެސް ލިބޭނެ ކަމަށާއި ހުރިހާ ކަމެއްގައި ލުއި ނުދެވޭނެ ކަމަށެވެ. ނަމަވެސް ލުއި ދެވެން ހުރި ކަންކަމުގައި ލުއިތައް ދެމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

ފްލެޓްތަކުގެ ކުލި ކުޑަ ކުރުމަށް ގޮވާލާ އިއްޔަ ފްލެޓް ލިބުނު ފަރާތްތަކުން މުޒާހަރާވެސް ކޮށްފައިވެއެވެ. އެގޮތުން އެމީހުން އެދިފައިވަނީ މަހަކު 5،000ރ. އަދި ސާވިސް ފީގެ ގޮތުގައި 600ރ. ނެގުމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: