ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

5،000 މީހުންގެ ސޮޔާއެކު އެމްއެންޕީ ރަޖިސްޓްރީ ކުރަން އަންނަ މަހު ހުށަހަޅާނަން: ނާޒިމް

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް ހާސް މީހުންގެ ސޮޔާއެކު މޯލްޑިވްސް ނޭޝަނަލް ޕާޓީ (އެމްއެންޕީ) ރަޖިސްޓްރީ ކުރަން އަންނަ މަހު ހުށަހަޅާނެ ކަމަށް އެ ޕާޓީގެ އުފެއްދުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ، ދަނގެތީ ދާއިރާގެ މެމްބަރު، މުހައްމަދު ނާޒިމް(ކާނަލް) ވިދާޅުވެއްޖެ އެވެ.

ސަންގު ޓީވީ ގެ “ހަބަރަށްފަހު” ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ނާޒިމް ރޭ ވިދާޅުވީ އެމްއެންޕީއަށް މެމްބަރުން ވެއްދުމުގެ ކަންކަން ވަރަށް ބާރަށް ކުރިޔަށް އެބަދާ ކަމަށާއި ލިބެމުން އަންނަ ތަރުހީބު ހީކުރެއްވި ވަރަށްވުރެ ބޮޑު ކަމަށެވެ. އަދި ޕާޓީ ރަޖިސްޓަރީ ކުރަން ކުރިއަށް އޮތް މަހައްހާ ދުވަހުގެ ތެރޭގައި އީސީ އަށް ހުށަހަޅާއިރު 5،000 މީހުންގެ ސޮއި ހަމަކުރުމަކީ އަމާޒު ކަމަށް އޭނާ ވިދާޅުވި އެވެ.

ނާޒިމް ވިދާޅުވީ ޕާޓީގެ އެހެން މުއައްސިސުންވެސް މެމްބަރުން އިތުރުކުރެއްވުމުގެ މަސައްކަތް ވަރަށް ބާރަށް ކުރިޔަށް އެބަ ގެންދަވާ ކަމަށާއި ހުދު އޭނާ ވެސް ޕާޓީއަށް މެމްބަރުން ހޯދުމަށް ވަރަށް އަވަހަށް ރަށްރަށަށް ދަތުރުތައް ފަށާނެ ކަމަށެވެ.

“ދާދި ފަހުން އަޅުގަނޑުމެންގެ ޕާޓީގެ އެއް މުއައްސިސް، ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒު ވަނީ އޭނާގެ ދާއިރާއަށް ވަޑައިގަތް 1000 އަށްވުރެ ގިނަ ފޯމު ފުރުއްވާފަ. އެއީ އަދި ވަރަށް ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި.” ނާޒިމް ވިދާޅުވިއެވެ.

އެމްއެންޕީ އުފެއްދުމުގެ މަސައްކަތުގައި އިސްވެ މަސައްކަތް ކުރައްވަނީ ނާޒިމާއި ރިޔާޒްގެ އިތުރުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމެވެ. އަދި މިހާރު ވެސް މަޖިލީހުގެ ފަސް މެމްބަރަކު އެ ޕާޓީގައި އެބަތިއްބެވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: