ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓްތަކަށް ކަރަންޓް ދޭން ފަށައިފި

ހިޔާ ފްލެޓުތައް ނޫސްވެރިންނަށް ދައްކާލުމަށް ބޭއްވި ޓްރިޕްގެ ތެރެއިން/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފުލެޓްތަކަަށް މިއަދުން ފެށިގެން ދާއިމީ ގޮތެއްގައި ކަރަންޓުގެ ހިދުމަތް ލިބިގެންދާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

އެޗްޑީސީން ބުނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓްގެ ޓަވަރުތަކުގެ ތެރެއިން H15 އަދި H16 ވަނަ ޓަވަރަށް މިއަދު ކަރަންޓް ދެވޭނެ ކަމަށާއި ބާކީ ހުރި ޓަވަރުތަކަށް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދިނުމަށް ކުމުންދާ މަސައްކަތުގައި އިތުރު މައްސަލައެއް ދިމާނުވާނަމަ، މާދަމާއަށް މި ޓަވަރުތަކަށްވެސް ދާއިމީ ކަރަންޓުގެ ޙިދުމަތް ފޯރުކޮށްދެވިގެން ދާނެ ކަމަށެވެ.

ގިނަ ފުލެޓުތަކަށް މީހުން ބަދަލު ވުމުގެ މަސައްކަތް މިހާރު ކުރަމުން އަންނައިރު ތަކެތި އުފުއްލުމަށް ވަކި ލިފްޓުތަކެއް ހާއްސަކޮށްފައި ވާނެ ކަމަށްވެސް އެޗްޑީސީން ބުނެ އެވެ. އެގޮތުން 16 އެޕާޓްމެންޓެއްގައިވާ ތިން ލިފްޓުން ދެ ލިފްޓު އަދި 20 އެޕާޓްމަންޓް ޓަވަރުގައިވާ ހަތަރު ލިފްޓުން ތިން ލިފްޓު މިކަމަށް ބޭނުން ކުރެވޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

މީގެ އިތުރުން ފުލެޓުތަކުގެ މަސައްކަތް ކުރިއަށްދާ ގޮތް ބެލުމަށް ޓަކައި އެ ކޯޕަރޭޝަންގެ މުވައްޒަފުންތައް ހަރަކާތްތެރިވާނެ ކަމަށާއި މަސައްކަތްތައް ކުރިއަށް ގެންދާނެ ގޮތުގެ އިރުޝާދު ދެމުންގެންދާނެ ކަމަށްވެސް އެޗްޑީސީން ވަނީ ބުނެފަ އެވެ. އަދި މިކަމަކީ ގިނަ ބައެއްގެ މަސްލަހަތާ ގުޅިފައިވާ ކަމަކަށްވާތީ މިކަމަށް ފުލެޓުތަކުގެ ވެރިންގެ އެއްބާރުލުން ދިނުމަށް އެ ކޯޕަރޭޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: