ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޫސްވެރިކަމުގެ އިނާމު އޮކްޓޫބަރު 11 ގައި!

މިދިޔަ އަހަރު ބޭއްވި 2019 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އެވޯޑުގެ ތެރެއިން/ ފޮޓޯ: ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ނޫސްވެރިންގެ އަގުވަޒަންކޮށް، މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ދޭ ނޫސްވެރިކަމުގެ އިނާމު އަންނަ އޮކްޓޫބަރ މަހު ދިނުމަށް އެ ކައުންސިލުން ނިންމައިފި އެވެ.

އެމްއެމްސީން ބުނީ މޯލްޑިވްސް މީޑިއާ ކައުންސިލުގެ 2021 ވަނަ އަހަރުގެ 32 ވަނަ ކައުންސިލް ޖަލްސާއިން ނިންމި ގޮތުން އިނާމު ދިނުމަށް ހަމަޖެހިފައިވަނީ އޮކްޓޫބަރ މަހުގެ 11 ވަނަ ދުވަހު ކަމަށެވެ. އަދި އިވެންޓު ބޭއްވުމަށް ހަމަޖެހިފައިވަނީ އެރޭ 21:00 ގައި ކަމަށް އެ ކައުންސިލުން މައުލޫމާތުދެ އެވެ.

2020 ވަނަ އަހަރުގެ ނޫސްވެރިކަމުގެ އިނާމަށް ނަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލީ 2 މާޗު 2021 ގައެވެ. ދެ ފަހަރެއްގެ މަތިން މުއްދަތު އިތުރުކޮށް ސުންގަޑި ހަމަވީއިރު ނޫސްވެރިންގެ ޖުމުލަ 87 ހުށަހެޅުމެއް އެވޯޑަށް ހުށަހަޅާފައި ވެއެވެ.

މި އަހަރުގެ ނޫސްވެރިކަމުގެ އިނާމުގައި 12 ދާއިރާއަކުން އެވޯޑު ދިނުމަށް ހަމަޖެހިފައި ވެއެވެ. އެއީ ތަހުގީގީ ނޫސްވެރިކަން، އިޖުތިމާއީ ދާއިރާ، ސިޔާސީ ދާއިރާ، ޝަރުއީ ދާއިރާ، ވިޔަފާރީގެ ދާއިރާ، ކުޅިވަރުގެ ދާއިރާ، ފީޗާ ލިޔުން، ފޮޓޯ ޖާނަލިޒަމް، ވީޑިއޯ ޖާނަލިޒަމް، އޯޑިއޯ ޖާނަލިޒަމް، ނިއުސް ގްރެފިކްސް އެވެ. އޭގެ އިތުރުން އެންމެ އުންމީދީ ނޫސްވެރިޔާ ވެސް ހޮވާނެ އެވެ.

މި އަހަރުގެ އެވޯޑަށް އެންމެ ގިނައިން ހުށަހަޅާފައި ވަނީ އިޖުތިމާއީ ދާއިރާއިންނެވެ. އިޖުތިމާއީ ދާއިރާއަށް 21 ހުށަހެޅުން ހުށަހެޅި އެވެ. އެއަށްފަހު ފީޗާ ލިޔުމުގެ ދާއިރާއަށް 17 ނޫސްވެރިއަކު ކުރިމަތި ލި އެވެ. މި ހުށަހެޅުންތަކުގެ ތެރެއިން ޖަޖުންގެ މާކްސް އާއި އެކު، ނޫސްވެރިންތަކެއް ނޮމިނޭޓު ކުރާނެ އެވެ.

މީގެ އިތުރުން ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާ އަށް 9 ހުށަހެޅުމާއި، ސިޔާސީ ދާއިރާ އަށް 9 ނޫސްވެރިން، އަދި ޝަރުއީ ދާއިރާއަށް 06 ނޫސްވެރިއަކު ވާދަ ކުރެ އެވެ. މީގެ އިތުރުން ވިޔަފާރީގެ ދާއިރާއިން 09 ނޫސްވެރިން، ކުޅިވަރު ދާއިރާއަށް 05 ނޫސްވެރިއެއް. އަދި ފޮޓޯ ޖާނަލިޒަމްއަށް 08 ނޫސްވެރިއެއް ވާދަ ކުރެ އެވެ.

އުންމީދީ ނޫސްވެރިޔާއަށް ވާދަކުރަނީ ދެ ނޫސްވެރިންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: