ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކާނަލް ނާޒިމް ފްރޭމް ކުރީ ރައީސް ޔާމީނެއް ނޫން: އިދިކޮޅު

ރައީސް ޔާމީނާއި ޕީއެންސީގެ ރައީސް އަބްދުއްރަހީމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ޑިފެންސް މިނިސްޓަރު އަދި ދަނގެތީ ދާއިރާގެ މެންބަރު ކާނަލް ރިޓަޔާޑް މުހައްމަދު ނާޒިމް ރައީސް އަބްދުﷲ ޔާމީނަަށް ނިސްބަތް ކުރައްވާ ދެއްކެވި ވާހަކަތައް އިދިކޮޅު ކޯލިޝަނުން ކުށްވެރިކޮށްފިއެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި ވަނީ ޑިފެންސް މިނިސްޓަރަކަށް ނާޒިމް ހުންނަވަނިކޮށް ގެއިން ފިސްތޯލައެއް ފެނުނު މައްސަލައިގައި އެކަމާ އޭރުގެ ރައީސް ޔާމީނާ ގުޅުވައި ސަންގު ޓީވީގެ ޕްރޮގްރާމެއްގައި އޭނާ ދައްކަވާފައިވާ ވާހަކަ ދޮގު ކުރާ ކަމަށެވެ. އަދި އުސޫލުތައް ހަމަޖެހިފައި އޮންނަނީ ޑިފެންސް މިނިސްޓަރަކަށް ހުންނަވާ ބޭފުޅަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން ގެއަށް ހަތިޔާރު ގެންދެވޭ ގޮތަކަށް ކަމަށް ވިދާޅުވެ ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

“ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ އެއްވެސް ވަޒީރަކަށް އަމިއްލަފުޅަށް ސޮއި ކުރައްވައިގެން އަމިއްލަފުޅު ބޭނުމަށް ހަތިޔާރު ގެންގުޅަމަކީ ރާއްޖޭގެ އުސޫލުތައް ހަމަޖެހިފައިވާ ގޮތެއް ނޫން ކަމުގައި ދަންނަވަން. ހަމައެއާއެކު އެމަނިކުފާނުގެ ގެއިން ހަތިޔާރު ފެނުނު މައްސަލަ އަކީ އޭރުގެ ރައީސް ޔާމީންގެ ރޭއްވެވުމެއްގެ ދަށުން އެމަނިކުފާނަށް ވެސް އެނގިވަޑައިގެން ހިންގާފައިވާ ކަމެއް ކަމަށް ވިދާޅުވި ނަމަވެސް، އެކަން ރައީސް ޔާމީނަށް އެނގިވަޑައިގެންފައި ވަނީ އެގެއިން ހަތިޔާރު ފެނުނު ފަހުން ކަމުގައި ދަންނަވަން،” ބަޔާނުގައިވެއެވެ.

ބަޔާނުގައި ވަނީ ނާޒިމް، ރައީސް ޔާމީނަށް ނިސްބަތް ކުރައްވާ ދައްކަވާފައިވާ ހަގީގަތެއް ނެތް ދެކޮޅު ނުޖެހޭ ވާހަކަތައް އެންމެ ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި ވަޒީރުން ހަތިޔާރު ގެންގުޅުމާ ގުޅޭގޮތުން ރާއްޖޭގެ ހަމަޖެހިފައިވާ އުސޫލުތަކާ ގުޅުވައިގެން ދައްކަވާފައިވާ ވާހަކަތަކަކީވެސް ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށްވެސް ބަޔާނުގައިވެއެވެ.

“ވުމާއެކު އެކަމުގެ ކަންބޮޑުވުން ވެސް ފާޅުކޮށް، ކަމުގެ ހަގީގަތް އެއްވެސް އޮޅުވާލުމެއް ނެތި ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ކާނަލް ނާޒިމަށް ގޮވާލަން. ސިޔާސީ ޕާޓީ އުފައްދާނީ ދޮގާއި ފަސާދަ ފަތުރައިގެން ނޫން ކަމުގައިވެސް ދަންނަވަން،” އިދިކޮޅު ކޯލިޝަންގެ ބަޔާނުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: