ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިލަފުށިން ދުން އެރުމުގެ މައްސަލަ އޮކްޓޯބަރުގެ ނިޔަލަށް ހައްލުކުރަނީ!

ތިލަފުށި
ޝެއާރކޮށްލާ ކަހަލަދޯ؟

ކ. ތިލަފުށީގެ ގޮނޑު ހާމައަށް އެންދުމާއި އެތަނުން އަރަމުންދާ ދުން ހުއްޓުވާއި އެތަން ރިހެބިލިޓޭޓް ކުރެވެންދެން ރަނގަޅުގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓްޗޭންޖް އެންޑް ޓެކްނޯލޮޖީން ފަށައިފިއެވެ.

.ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި ގުޅިގެން ފަށާފައިވާ މި މަސައްކަތުގެ ދަށުން މި އަހަރު އޮކްޓޯބަރު މަހުގެ ނިޔަލަށް، ދުންއެރުން ހުއްޓުމަކަށް ގެނެވޭނެ ކަމަށް ބެލެއެވެ. އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް ޤާއިމުކުރާއިރު މިނިސްޓްރީގެ އަމާޒކަކީ އެތަނުން އަރާ ދުން ވީހާވެސް މަދުކޮށްގެން އެ މަސައްކަތްކޮށް ނިންމާލުމަށެވެ. އެހެން ނަމަވެސް މި ގޮނޑަކީ އެތައް އަހަރު ވަންދެން ކުނިއަޅާ އަންދަމުންދާ ގޮނޑެއް ކަމުން ތަނުގެ ހާލަތު ރަނގަޅުކުރަން ކުރާ މަސައްކަތުގައި ކޮންމެވެސް ވަރަކަށް ކޮނެ ހަދަން ޖެހިދާނެތީ ބައެއް ދުވަސްދުވަހު އާދަޔާ ޚިލާފަށް ދުން އެރުމަކީ އެކަށީގެންވާ ކަމެއްގެ ގޮތުގައި މިނިސްޓްރީން ބުންޏެވެ.

“މިކަމުގެ ސަބަބުން، ތިލަފުށި ހިމެނޭ ސަރަހައްދުގައި ދިރިއުޅެމުންގެންދާ ފަރާތްތަކަށް ވަގުތީގޮތުން އުނދަގުލެއްވެދާނެ ކަމަށްވިޔަސް މިއީ ދާއިމީގޮތުން ލިބޭނެ ބޮޑުލުއިފަސޭހައަކަށްޓަކައި ކުރެވޭ ކަމެއްކަންވެސް ފާހަގަކުރަމެވެ.” މިނިސްޓްރީ

އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) ގެ ފަންނީ އެހީތެރިކަމުގެ ދަށުން ބޭރުގެ ތަޖުރިބާކާރެއްގެ އިރުޝާދާއެކު ވެމްކޯއާއި ގުޅިގެން އެންވައިރޮމެންޓް މިނިސްޓްރީން މަސައްކަތް ކުރަމުން ދަނީ ކުރަނީ މި އަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް އެ ގޮނޑުން ދުން އެރުން ހުއްޓުވާ އަދި އެތަނުގައި ރަނގަޅު މެނޭޖްމަންޓް ނިޒާމެއް މި އަހަރުގެ ޑިސެމްބަރު މަހުގެ ނިޔަލަށް ގާއިމުކޮށް ނިންމާލުމަށެވެ.

މީގެ އިތުރުން ތިލަފުށީގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް އޭޑީބީއާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) އަދި ޖަޕާން ފަންޑް ފޯރ ޖޮއިންޓް ކްރެޑިޓް މެކޭނިޒަމް (ޖޭ.އެފް.ޖޭ.ސީ.އެމް) ގެ އެހީގައި މިނިސްޓްރީން ވަނީ ފަށާފަ އެވެ. އަދި ތިލަފުށީގެ މިހާރުގެ ގޮނޑު ރިހެބިލިޓޭޓް ކުރުމުގެ މަސައްކަތްވެސް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިޑީބީ) ގެ އެހީއާއެކު ފެށުމަށް މިނސްޓްރީން ދަނީ ތައްޔާރުވަމުންނެވެ.

“ސަންގު” އަށް ދިން އިންޓަވިއުއެއްގައި ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) ގެ މެނޭޖިންގ ޑިރެކްޓަރ އާދަމް މުހައްމަދު ވިދާޅުވީ މި މަސައްކަތަކީ އެކުންފުނިން ކުރާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ އެއްމަސަކަތެއް ކަމަށާއި، އެމަސައްކަތް މިހާރު އަމަލީ ގޮތުން ފަށާފައިވާކަމަށެވެ. އަދި މިމަސައްކަތް ކުރަމުން ގެންދަނީ ވެމްކޯއާއި އެންވަޔަރަންމަންޓް މިނިސްޓްރީން ގުޅިގެންކަމަށް އޭނާ ވިދާޅުވި އެވެ.

މި ގޮތުން ތިލަފުށިން އަރަމުންދާ ދުން ހުއްޓުވުމަށާއި އެތަން ރިހެބިލިޓޭޓް ކުރެވުމާއި ހަމައަށް ރަނގަޅު ގޮތުގައި މެނޭޖްކުރެވޭނެ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތް މިހާރު ވަނީ ފަށާފައިކަމަށް އޭނާ ވިދާޅުވެއެވެ.

ވެމްކޯއިން ތިލަފުށީގެ މަސައްކަތާއި ހަވާލުކުރިއިރު ކުނި ގޮނޑު އޮތީ އެއްކޮށްހެން މޫދުގައިކަން ފާހަގަކުރައްވައި އެކުންފުނީގެ އެމްޑީ ވިދާޅުވީ، އޭރުގައި ތިލަފުށީ އޮތްގޮތާއި ބަލައި ބޮޑެތި ބަދަލުތަކެއް އެކުންފުނިން ގެނެސްފައިވާނެކަމަށެވެ. މިގޮތުން ތިލަފުށީގައި ބަނދަރު ހަދައި އެތަން ޕޭވްކޮށް ނިމޭކަމަށް އޭނާ ވިދާޅުވިއެވެ. އަދި މެޝިނަރީ ބަހައްޓަންޖެހޭ ތަންތަނަށް ގެންނަންޖެހޭ އިންފްރާސްޓްރަކްޗަރަށް ބަދަލުތަކެއް އެ ކުންފުނިން ގެނެސްފައިވާނެކަމަށް އެމްޑީ ވިދާޅުވި އެވެ.

ހަމައެހެންމެ އެކުންފުނިން މިހާތަނަށް އެރަށުގައިި ކުނި ނައްތާލުމަށް ކުރެވުނު މަސައްކަތުގެ ތެރެއިން ހޮސްޕިޓަލް ވޭސްޓްފަދަ ނުރައްކާތެރި ކެމިކަލްސް ހިމެނޭ ކުނި ރައްކާތެރިކަމާއިއެކު ތިލަފުށީގައި ނައްތާލެވޭނެ ނިޒާމެއްވެސް ގާއިމްކުރެވިފައިވާކަމަށް އެމްޑީ ވަނީ ފާހަގަކުރައްވާފައެވެ. އަދި މި މަސައްކަތްތައް ތަރުތީބުވެގެން ރައްޔިތުންނާއި ހަމައަށް ގެނެސްދޭނެކަމަށް ވެމްކޯއިން ބުނެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: