ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހުލޫފްގެ މައްސަލާގައި އާ ހެކިތަކެއް ހޯދަން މަސައްކަތެއް ނުކުރަން: ފުލުހުން

ފޮޓޯ: އަވަސް އޮންލައިން / އަހުމަދު ޝުރާއު -- ޒުވާނުންނާއި ކުޅިވަރުގެ މިނިސްޓަރ މަހްލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު އާ ހެއްކެއް ހޯދުމުގެ މަސައްކަތް ކުރަމުން ނުދާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ރޭ ވިދާޅުވީ މަހުލޫފްގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލާގައި އިތުރު އާ ހެކިތަކެއް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަމުން ނުދާ ކަމަށެވެ. ނަމަވެސް ޕީޖީގެ އެދުމުގެ މަތިން ތަހުގީގުގައި ކުރިން ވެސް ހޯދާފައި ހުރި ބައެއް ހެކިތަކާ ގުޅޭ ބައެއް ކަންކަން އިތުރަށް ސާފުކޮށްދޭން ޕީޖީން އެދިފައިވާތީ އެ ކަންކަން ފުލުހުން ކުރަމުންދާ ކަމަށް އޮފިޝަލް ވިދާޅުވިއެވެ.

މަހުލޫފަށް އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުކޮށް ދައުވާ ކުރުމާ މެދު ގޮތެއް ނިންމުމަށް ޕީޖީ އޮފީހަށް ފޮނުވާފައިވާއިރު އެ އޮފީހުން އަދިވެސް ދައުވާ ކުރުމާ މެދު ގޮތެއް ނިންމާފައެއްނުވެއެވެ.

ފުލުހުން މިހެން ބުނެފައިވަނީ މަހުލޫފުގެ މައްސަލާގަައި ފުލުހުންނާ ގުޅިގެން މައްސަލައަށް ކޮންމެހެން ބޭނުންވާ އިތުރު މައުލޫމާތުތަކެއް ހޯދަމުންދާ ކަމަށް ޕީޖީ ހުސައިން ޝަމީމް ވިދާޅުވުމާއި ގުޅިގެންނެވެ.

އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް ވިދާޅުވީ ޖުމްލަކޮށް ހަ ދުވަހުގެ ތެރޭގައި އެ އޮފީހަށް ހުށަހެޅޭ މައްސަލަތަކުގައި ދައުވާކުރުމާ މެދު ގޮތް ނިންމާ ކަމަށާއި ނަމަވެސް އޭގެ މާނައަކީ އިންސާފު ގެއްލޭ ގޮތަށް އަމަލުކުރުން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: