ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮއްކޮގެ ސްކޫލު ޓެބްލެޓް ވިއްކި އަންހެނަކު ދެ މަހަށް ޖަލަށް!

ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

އެޑިއުކޭޝަން މިނިސްޓްރީން ދަރިވަރުން ކިޔެވުމަށް ބޭނުންކުރުމަށް ދިން ޓެބްލެޓެއް ވިއްކި އަންހެނަކު ޖަލަށް ލައިފިއެވެ.

ވިލިމާލޭގައި ދިރިއުޅެމުން ގެންދާ އާއިލާއަކަށް ނިސްބަތްވާ އެ އަންހެން މީހާ ވިއްކާފައިވަނީ އޭނާގެ އެއްބަނޑު އެއްބަފާ ކޮއްކޮގެ ސްކޫލް ޓެބްލެޓެވެ. އަދި އޭނާ އެ ވިއްކާފައިވަނީ 300 ރުފިޔާއަށް ކަމަށް ވެއެވެ. އަދި މިކަން ހިނގިއިރު އޭނާ ހުރީ މަސްތުވާ ތަކެތި ބޭނުންކޮށްގެން ކަމަށް މައުލޫމާތުލިބެއެވެ.

ކްރިމިނަލް ކޯޓުގެ ވެބްސައިޓުގައި ޝާއިއުކޮށްފައިވާ ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓުގައި ވާ ގޮތުން، 25 ސެޕްޓެމްބަރު 2019 ގައި ސްކޫލު ދަރިވަރަކަށް އެޑިއުކޭޝަނުން ދީފައިވާ ޓެބްލެޓެއް ވިއްްކާލި މައްސަލައިގައި އަންހެން މީހާގެ މައްޗަށް ދައުވާ އުފުލާފައިވަނީ ގާނުނުލްއުޤޫބާތުގެ 211 ވަނަ މާއްދާގެ (ހ) ގެ (1) ވަނަ ނަމްބަރާއި ހަވާލާދީ، އެ ގާނޫނުގެ 210 ވަނަ މާއްދާގެ (ށ) ގެ (4) ވަނަ ނަމްބަރުގެ ދަށުން އެހެން މީހެއްގެ މުދަލެއްގެ މައްޗަށް ހުއްދަ ނޫން، ގޮތެއްގައި ބޭރު ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގައި ޓެބްލެޓު ގެއްލިގެން އެކަމާއި ގުޅޭ ގޮތުން ސުވާލު ކުރުމުން ރައްޓެއްސެއްގެ އަތަށް ދިނީކަމަށް ބުނެފައި ވެއެވެ. އަދި އެ އަނބުރާ ގެނެސްދޭން އެދުމުން އެ އަންހެން މީހާ އިތުރު ރައްޓެއްސަކާއި އެކު ހުއްޓައި، ފުލުހުން ގޮސް އޭނާ ހައްޔަރު ކުރީ އެވެ.

މައްސަލައިގައި އަންހެން މީހާގެ މަންމަ ވަނީ، އޭނާއާއި ދެކޮޅަށް ބަޔާން ދީފަ އެވެ. އެހެންވެ، އެމީހެއްގެ މުދަލަކަށް ހުއްދަ ނޫން ގޮތެއްގައި ބާރު ހިންގުމުގެެ ކުށުގެ ދައުވާ އުފުލައި އޭނާގެ މައްޗަށް ދެ މަހާއި 12 ދުވަހުގެ ޖަލު ހުކުމެއް އިއްވީ އެވެ. އަންހެން މީހާ ވަނީ ޝަރީއަތުގައި ކޮއްކޮގެ ޓެބްލެޓު ވަގަށް ނަގައި، އެ ވިއްކިކަމަށް އިއުތިރާފުވެފަ އެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: