ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކެމިސްޓްރީން އޭ ސްޓާ ހޯދި 10 އަހަރުގެ ރަޔާން ފުލުހުންގެ ލެބު ބަލާލުމުގެ ފުރުސަތު

ޝެއާރކޮށްލާ ކަހަލަދޯ؟

އައިޖީއެސްސީ އިމްތިހާންގައި ބައިވެރިވެ ކެމިސްޓްރީން އޭ ސްޓާއެއް ހޯދި އުމުރުން 10 އަހަރުގެ ރަޔާން ރިޔާޒް އަބްދުލްވާހިދަށް ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި ބަލާލުމުގެ ފުރުސަތު ދީފިއެވެ.

ހުޅުމާލޭ ހުރަވީ ސްކޫލް ކިޔަވަމުން އަންނަ ރައްޔާނަކީ އޯޓިޒަމް ހުންނަ ކުއްޖެކެވެ.

ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ރަޔާންއަށް ފުލުހުންގެ މުއްސަސާއިން މަރުހަބާ ކިޔާ ކަމަށެވެ. ރަޔާން ވަނީ ފުލުހުންގެ ފޮރެންސިކް ލެބޯޓްރީގައި މަސައްކަތްތައް ކުރިއަށްދާ ގޮތް ބަލާލުމުގެ އިތުރުން އެތާނގައި ކުރާ މަސައްކަތްތައް އަމިއްލައަށް ތަޖުރިބާ ވެސް ކޮށްފައެވެ.

ދިހަ އަހަރުގެ ރަޔާން ވަނީ އަޅުގަނޑުމެން އެންމެން ފަހުރުވެރިކޮށްދީފައި ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކާމިޔާބީ ހޯދުމަށް މަސައްކަތް ކުރުމަށް ފުލުހުން ރަޔާނަށް ހިތްވަރު ދީފައި ވެއެވެ.

ވަރަށް ގަދަ
19%ވަރަށް ގަދަ 71%ވަރަށް ގަޔާވޭ 5%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 5%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: