ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އާރުޑީސީ ފަޅާލަން އުޅުނު މީހަކު ހައްޔަރުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

އާރުޑީސީގެ އޮފީހުން ވައްކަން ކުރަން އުޅުނު މީހަކު ހައްޔަރުކޮށްފި އެވެ.

ވައްކަން ކުރަން އުޅުނު މީހާގެ ވީޑިއޯ އެއް މިހާރު ސޯޝަލް މީޑިއާގައި އާންމުވެފައިވާއިރު، އޭނާ ބުނިގޮތުގައި ފުރާޅަށް އެރީ އޭނާ އެތަނުގައި ބާއްވައިފައި އޮތް ޖިންސަކާއި ޓީޝާޓެއް ނެގުމަށެވެ. އެގޮތުން އެ ތަކެތި ބަލާ އައީ ލާނެ އިތުރު އެއްޗެއް ނެތުމުން ކަމަށްވެސް އެމީހާ ބުނެފައިވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އޭނާ އެ އޮފީހުން ވައްކަންކުރަން އުޅުނީ ރޭގެ ވަގުތެއްގައެވެ. މިކަމާއި ގުޅޭގޮތުން ފުލުހުން އެއްޗެއް ބުނެފައި ނުވާއިރު އެ މީހާ އަތުލައިގަތުމަށް ފަހު ރިޕޯޓް ކުރުމުން ފުލުހުން ވަނީ އެ ސަރަހައްދަށް ގޮސް އެމީހާގެ އަތުގައި ބިޑިއަޅުވައިގެން ގެންގޮސްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: