ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހުޅުމާލޭ މުނިސިޕަލް ޚިދުމަތް ސިޓީ ކައުންސިލަށް ބަދަލުކުރުމަށް އެދި ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ހުޅުމާލޭގެ މުނިސިޕަލް ޚިދުމަތް ދިނުން ސިޓީ ކައުންސިލުން ދޭ ޚިދުމަތެއްގެ ގޮތުގައި ބަދަލުކުރުމަށް އެދި ރައްޔިތުންގެ ފަރާތުން މާލޭ ސިޓީ ކައުންސިލަށް ޕެޓިޝަނެއް ހުށަހަޅައިފިއެވެ.

މާލޭ ސިޓީގެ ތަރައްޤީގެ ޕްލޭނަށް ޚިޔާލު ހޯދުމަށް ބާއްވާ ސިލްސިލާ ބައްދަލުވުންތަކުގެތެރެއިން ހުޅުމާލޭގެ ރައްޔިތުންގެ ބައްދަލުވުމުގައި ރައްޔިތުންގެ ފަރާތުން ހުށަހެޅި މި ޕެޓިޝަނާ ޙަވާލުވެވަޑައިގެންނެވީ މާލޭ ސިޓީގެ މޭޔަރ ޑރ. މުޙައްމައު މުޢިއްޒުއެވެ. ޕެޓިޝަން ޙަވަލުކުރެއްވީ ހުޅުމާލޭގެ ރައްޔިތެކެވެ.

ޕެޓިޝަން ޙަވާލުކުރުމަށް ފުރުޞަތު ހޯދުމަށް ވާހަކަދައްވަމުން އެފަރާތުން ވިދާޅުވީ މި ބައްދަލުވުމުގައި ހުށަހެޅުމަށް ޕެޓިޝަން ތައްޔާރުކުރީ މިކަންކަން ބަދަލުކުރުމަށް ރައްޔިތުން އެދޭތީކަމަށެވެ. މިކަމުގެ ޝައުގުވެރިކަން ހުރި މިންވަރު ހާމަކުރައްވައި އޭނާ ވިދާޅުވީ މިކަމުގެ ފުރުޞަތު ހުޅުވާލައި 10 ގަޑިއިރުތެރޭ 1800 މީހުން ސޮއިކޮށްފައިވާކަމަށެވެ.

ރޭގެ ބައްދަލުވުމުގައި ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރިއެވެ. ގިނަ ފަރާތްތަކުން ފާހަގަކުރީ އެޗް.ޑީސީގެ ދަށުން މުނިސިޕަލް ޚިދުމަތް ވަކިކޮށް ސިޓީ ކައުންސިލަށް ޙަވާލުކުރަންޖެހޭކަމަށެވެ. އެގޮތުން ބައެއް ރައްޔިތުންނަށް ފެންނަ ގޮތުގައި މިހިނދުން މިހިނދަށް މި ޚިދުމަތް ބްދަލުވާންޖެހޭނެއެވެ.

މިހާރު އޮތް ގޮތުން ދިވެހި ރައްޔިތުންނަށް ނެތް ފުރުޞަތުތަށް ބިދޭސީންނަށް ހުޅުމާލޭގައި ލިބިގެންދާކަން ރައްޔިތުން ފާހަގަކުރިއެވެ. އަދި ޢާއްމު ދިރިއުޅުމުގައި ޢާމްދަނީ އިތުރުކޮށްލަން ކުރަންޖެހޭ ހެދިކާ ވިއްކުން ފަދަ ބައެއް މަސައްކަތްތަކާ އަދި ގަސްއިންދުންފަދަ ބައެއް މަސައްކަތްތައް ކުރުމުން އެޗް.ޑީ،ސީގެ ފަރާތުން އެކަން މަނާކުރާކަމާ، ބިދޭސީން ގަވައިދާ ޚިލާފަށް ކޮންމެ ވިޔަފާރިއެއްކުރިނަމަވެސް އެކަން މަނާކުރަމުން ނުދާކަމަށެވެ. އެހެންކަމުން ކައުންސިލެއްގެ ދަށަށް ގޮސްގެން ނޫނީ ރައްޔިތުންނަށް ރނގަޅުގޮތްތައް ނެތްކަން ފާހަގަކުރިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: