ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަރުލަމާނީ ޕެޓިޝަންގައި 13 މެމްބަރަކު ސޮއިކުރައްވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ ވެރިކަން ބަރުލަމާނީ ނިޒާމަކަށް ބަދަލުކުރަންމިހާރު ފައްޓަވައިފައިވާ ޕެޓިޝަންގައި މަޖިލީހުގެ 13 މެމްބަރަކު ސޮއިކުރައްވައިފި އެވެ.

ބަރުލަމާނީ ޕެޓިޝަންގައި ސޮއި ކުރުމުގެ މަސައްކަތް އެމްޑީޕީގެ ހަރުގޭގައި މިހާރު ކުރިއަށްދަމުން އަންނައިރު ޕެޓިޝަނަށް ސޮއިކުރުން ކުރިއަށް ގެންދާނީ މެންދުރު 02:00 އިން ރޭގަނޑު 08:00 އަށެވެ.

ޕެޓިޝަންގައި މިހާތަނަށް ސޮއި ކުރި މެމްބަރުންނަކީ ރައްޔިތުން މަޖިލީހުގެ ނައިބު ރައީސް އީވާ އަބްދުﷲ، މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުއިއްޒު، އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދު (ވައްޑޭ)، މަޑަވެލި ދާއިރާގެ މެންބަރު ހުސެއިން ފިރުޝާން، ގައްދޫ ދާއިރާގެ މެންބަރު އަހުމަދު ޒާހިރު، ބިލެއްދޫ ދާއިރާގެ މެމްބަރު އަހުމަދު ހަލީމް (ދޮންބިލެތް)، ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ، ވިލިފުށީ ދާއިރާގެ މެންބަރު ހުސައިން އަފީފް، ގަލޮޅު އުތުރު ދާއިރާގެ މެންބަރު މީކާއިލް ނަސީމް، މައްޗަންގޮޅި އުތުރު ދާއިރާގެ އެމްޑީޕީ މެމްބަރު މުހައްމަދު ރަޝީދު އަދި ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުﷲ ޝަފީގު އެވެ.

ބަރުލަމާނީ ނިޒާމަށް ވެރިކަން ބަދަލުކުރުމަށް އެންމެ ބޮޑަށް ވަކާލާތުކުރައްވާ ބޭފުޅަކީ އެމްޑީޕީގެ ރައީސް އަދި މަޖިލިސް ރައީސް، ރައީސް ނަޝީދެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 4%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 8%ވަރަށް ދެރަ 88%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: