ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޒުވާން ވިޔަފާރިވެރިން އުފައްދަން ހާއްސަ ކޭމްޕެއް ފަށައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

މީރީ ޕްރޮޖެކްޓުގެ ދަށުން ކުރިއަށް ގެންދިޔަ “ޕިޗް-އަޕް ޔޫތު އޮންޓްރޮޕްރިނިއާޝިޕް ޗެލެންޖް” ނިންމި ފަރާތްތަކަށް ބާއްވާ ތަމްރީނު ޕްރޮގްރާމް، ޕިޗް-އަޕް ބޫޓު ކޭމްޕް ފަށައިފި އެވެ.

ހަޔާ އެޑިއުކޭޝަން މިނިސްޓްރީން ބުނީ މި ކޭމްޕަކީ “މީރީ” ޕްރޮޖެކްޓުގެ ދަށުން ޒުވާނުންނަށް ޚާއްޞަކޮށްގެން އުފެއްދުންތެރި ވިޔަފާރި ޚިޔާލު ހުށަހަޅައި، އެ ޚިޔާލަށް ދިރުން ގެނެސްދީ، ކާމިޔާބު ވިޔަފާރިއަކަށް ހެދުމަށް ފަރުމާކޮށްފައިވާ “ޕިޗް-އަޕް: ޔޫތު އެންޓަޕްރިނިއަރޝިޕް ޗެލެންޖް”ގެ ފުރަތަމަ މަރުޙަލާ ކާމިޔާބުކަމާއެކު ނިންމާލި ފަރާތްތަކަށް ކުރިއަށްގެންދާ ކޭމްޕެއް ކަމަށެވެ.

“ޕިޗް-އަޕް” އަކީ ވިޔަފާރިއެއް ތަރައްޤީކުރާނޭ ގޮތުގެ ޚިޔާލެއް ހުށަހަޅައިގެން، ފައިސާގެ އެހީއާއި، ތަމްރީނާއި ވިޔަފާރި ކުރިއެރުވުމަށް ބޭނުންވާ އެހެނިހެން އެހީތެރިކަން ލިބޭގޮތަށް ފަރުމާކޮށް 18 އަހަރާއި 35 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް ހުޅުވާލައިގެން ހިންގޭ މުބާރާތެކެވެ. މުބާރާތުގައި ހުށަހެޅޭނީ ފަތުރުވެރިކަމާ ގުޅުންހުރި ޢުމްރާނީ މަސައްކަތް، އައި.ސީ.ޓީ އާއި ދަނޑުވެރިކަމުގެ މަސައްކަތުގެ ދާއިރާގެ އުފެއްދުންތެރި ވިޔަފާރީގެ ޚިޔާލެވެ.

ޕިޗް-އަޕް ބޫޓް ކޭމްޕުގައި ބިޒްނަސް ޕްރޮޕޯސަލް އެކުލަވާ، ތައްޔާރުކުރުމާއި، ވިޔަފާރިއެއް ފަށައިގެން ތަރައްޤީ ކުރާނޭގޮތުގެ މަޢުލޫމާތާއި، އިރުޝާދާއި، ތަމްރީނު ފޯރުކޮށްދޭނެ ކަމަށް ހަޔަރ އެޑިއުކޭޝަނުން ބުނެއެވެ. އެގޮތުން ޖުމްލަ 7 ސެޝަންގެ މައްޗަށް، އޮންލައިންކޮށް ހިންގުމަށް ތާވަލުކޮށްފައިވާ މި ބޫޓް ކޭމްޕުގައި ކިޔަވައިދޭނީ ތަމްރީނު ދީފައިވާ ތަޖުރިބާކާރު ދިވެހި ޓްރެއިނަރުންނެވެ. މިމަހުގެ 28 އާ ހަމަޔަށް ކުރިއަށްދާ މިކޭމްޕްގައި ވިޔަފާރީގެ ދާއިރާގެ ތަޖުރިބާކާރުންގެ ކާމިޔާބީއާއި، ވިޔަފާރީގެ ތަޖުރިބާ ޙިއްސާކުރުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީރީ ޕްރޮޖެކްޓަކީ ޒުވާނުންނަށް ވަޒީފާގެ ފުރުސަތު ތަނަވަސްކޮށްދީ، ބާރުވެރިކޮށް، ކާމިޔާބު ބަޔަކަށް ހެދުމަށް ކަންފަހިކޮށްދިނުމަށް ވޯލްޑް ބޭންކުގެ އެހީގައި މިނިސްޓްރީ އޮފް ހަޔަރ އެޑިއުކޭޝަނާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓު ގުޅިގެން ހިންގާ ޕްރޮޖެކްޓެކެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: