ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިސްތިއުނާފު މައްސަލަ އަވަހަށް ނިންމައިދީ: މަހުލޫފް

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ކެމްޕޭން ކުރަން ބޭނުންވާ ކަމަށާއި އިސްތިއުނާފު މައްސަލަ އަވަހަށް ނިންމައިދިނުމަށް ސަސްޕެންޑުގައި ހުންނެވި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފް އެދިވަޑައިގެންފިއެވެ.

މިދިޔަ ހޯމަ ދުވަހު އެމްޑީޕީން މަހުލޫފަށް ފޮނުވި ސިޓީއެއްގައި ވަނީ އިންތިހާބުގައި ވާދަކުރުމަށް ޝަރުތު ހަމަނުވާ ކަމަށް ބުނެފައެވެ. އެގޮތަށް ނިންމީ މަހުލޫފްގެ މައްސަލައެއް އިދާރާތަކުން ބަލަމުންދާތީ ކަމަށް އެމްޑީޕީން ބުނެއެވެ. މަހުލޫފް ވަނީ އެމްޑީޕީގެ އެ ނިންމުން އެ ޕާޓީގެ އިންތިޚާބާ ބެހޭ ކޮމިޓީ އަދި އިސްތިއުނާފު ފަޑިޔާރުންގެ މަޖިލީހަށް ޝަކުވާ ހުށަހަޅާފައެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބާ ބެހޭ ކޮމިޓީން މިއަދު ވަނީ އެ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ޕްލޭނިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަކްރަމް ކަމާލުއްދީނަށް ވާދަކުރެވޭނެ ކަމަށް ނިންމާފައެވެ.

އަކްރަމަށް މަރުހަބާ ވިދާޅުވެ މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އޭނާއަށް އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ނިންމި ނިންމުން އިސްތިއުނާފު ކުރި ފަހުން ހަ ދުވަސް ވެއްޖެ ކަމަށެވެ.

“ދެ ދުވަސްތެރޭ ޖަވާބެއް ދޭން ވާނެ ކަމަށް ބަޔާންކޮށްފައިވާއިރު އަޅުގަނޑަށް ވާނުވާ އަންގާލަ ދެއްވުން އެދެން. އިންތިހާބަށް 30 ދުވަހަށް ވެފައިވާއިރު ކެމްޕޭން ކުރަން ބޭނުން. ތަފާތު ނުކުރައްވާ،” އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފަށް ޓެގް ކުރައްވާ މަހުލޫފް ވިދާޅުވެފައިވެއެވެ.

އެ އިންތިހާބުގައި މަހުލޫފް ކުރިމަތި ލައްވާފައިވަނީ ކ، އއ. އދ. ވ ހިމެނޭ މެދު އުތުރު ޕްރޮވިންސްގެ ރައީސް ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: