ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަހްލޫފުގެ އިސްތިއުނާފް މައްސަލަ ލަސްވާތީ އީސީއަށް

ޔޫތް މިނިސްޓަރ މަހުލޫފް
ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި، ވާދަ ކުރުމަށް، ޔޫތު މިނިސްޓަރު އަހުމަދު މަހްލޫފުގެ ޝަރުތު ހަމަ ނުވާ ކަމަށް އެމްޑީޕީން ނިންމި މައްސަލަ އިސްތިއުނާފު ކުރުމުންވެސް ޖަވާބެއް ނުލިބި ލަސްވެފައި ވާތީ އެކަން އިލެކްޝަންސް ކޮމިޝަން (އީސީ) އަށް ހުށަހަޅައިފިއެވެ.

މަހްލޫފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ގައުމީ މަޖިލީހުގެ އިންތިހާބަށް ވާދަކުރުމަށް އޭނާގެ ޝަރުތު ހަމަ ނުވާ ކަމަަށް ނިންމި މައްސަލަ އެމްޑީޕީގެ އިންތިހާބާބެހޭ ކޮމިޓީއަށާއި، އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހަށް ހުށަހަޅާފައިވާނެ ކަމަށެވެ.

ނަމަވެސް އިންތިހާބު ބާއްވަން 30 ދުވަހަށް ވެފައިވާއިރުވެސް އެފަރާތްތަކުން އެއްވެސް ޖަވާބެއް ދީފައި ނުވާތީ އެ މައްސަލަ ސިޔާސީ ޕާޓީތަކުގެ ވެރިފަރާތް ކަމަށްވާ އިލެކްޝަންސް ކޮމިޝަނަށް މިއަދު ހުށަހަޅާފައިވާ ކަމަށްވެސް މަހްލޫފު ވިދާޅުވިއެވެ.

މަހްލޫފް ވަނީ އެ މައްސަލަ ރިވިއުކުރުން އަވަސް ކޮށްދިނުމަށް ވެސް އެދިވަޑައިގެންފަ އެވެ. އޭނާ އެކަމަށް އެދިވަޑައިގެންފައި ވަނީ އަކްރަމް ކަމާލުއްދީނަށް އެމްޑީޕީގެ ގައުމީ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭނެ ކަމަށް ނިންމި ނިންމުން އޭނާގެ ފަރާތުން އިސްތިއުނާފު ކުރުމުން އެ މައްސަލަ ބެލުމަށް ފަހު އިންތިހާބުން އަކްރަމަށް ފުރުސަތު ދޭން އެމްޑީޕީން ނިންމުމާ ގުޅިގެންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: