ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބިން ވިއްކުން އެޗްޑީސީގެ ބާރުގެ ދަށުގައި އޮތްހާ ހިނދަކު ގެދޮރުގެ ދަތިކަމަށް ހައްލެއްނެތް: އުމަރު

ކުރީގެ ހޯމް މިނިސްޓަރ އުމަރު ނަސީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ބިން ވިއްކުން އެޗުޑީސީގެ ބާރުގެ ދަށުގައި އޮތްހާ ހިނދަކު، ކިތަންމެ ބިމެއް ހިއްކިޔަސް ގޯތި ގެދޮރުގެ ދަތިކަމަށް ހައްލެއް ނުލިބޭނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރ ޢުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ޢުމަރު ވިދާޅުވެފައިވަނީ ފަޅުރަށްތައް ވިއްކުމުގެ ބާރު އެމްއެމްޕީއާރުސީއަށް އޮތުމާއި ބިން ވިއްކުމުގެ ބާރު އެޗުޑީސީއަށް އޮތުމަކީ ކޮރަޕްޝަނަށް މަގުފަހިކޮށްދޭ ކަންކަން ކަމަށެވެ. އެހެން ކަމުން އެފަދަ ކަންކަން އިސްލާހުކޮށް ރަނގަޅު ކުރަންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.

ޢުމަރު ވިދާޅުވީ ބިމުން ވިޔަފާރި ކުރުމުގެ ވިސްނުން ސަރުކާރުން ދޫކޮށްލުމަކީ ވެސް މުހިންމު ކަމެއް ކަމަށެވެ. މިއާއެކު ޢުމަރު ވަނީ އޭނާގެ ވެރިކަމެއްގައި ގޯތިގެދޮރާ ބެހޭގޮތުން ގެންގުޅުއްވާނެ ސިޔާސަތު ވެސް ހާމަކުރައްވައިފައެވެ.

ގޯތި ގެދޮރާމެދު ޢުމަރުގެ ވިސްނުން

– ބިން ހިއްކައިގެން މާލެ ސަރަހައްދަށް 15،000 ގޯތި އިތުރުކުރުން. (ހިއްކާނީ ގުޅީފަޅު،ގިރާވަރު ފަޅު، ގަލު ފަޅު)

– ވިޔަފާރި އުސޫލުން ބިން ވިއްކުން ސަރުކާރުން ހުއްޓާލައި އެޗުޑީސީ އުވާލައި ހުޅުމާލެ ޑިވެލޮޕްމަންޓް އޮތޯރިޓީ އުފެއްދުން.

– ކޮން އާއިލާއަކަށް ވެސް ރާއްޖޭގެ ކޮންމެވެސް ސަރަހައްދަކުން ދެވަނަ ގެއެއް ދިނުން.

– ބިދޭސީ މަސައްކަތްތެރީން “ތިލަފުށީ އިންޑަސްޓްރިއަލް ޓައުން” އަށް ބަދަލު ކުރުން.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: