ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކުޑަކުއްޖަކު ރަހީނުކުރި މައްސަލާގައި 3 މީހަކު ހައްޔަރު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ށ. ޅައިމަގުގައި ކުޑަ ކުއްޖަކު ރަހީނުކޮށް އަނިޔާކުރި މައްސަލައިގައި ތިން މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުން ބުނެފައިވަނީ އެ މައްސަލައިގައި ޅައިމަގުން ހައްޔަރު ކުރީ 26 އަހަރުގެ ދެ ފިރިހެނެކާއި، 31 އަހަރުގެ ފިރިހެނެއް ކަމަށެވެ. އެހެންނަމަވެސް އިތުރު ތަފްސީލެއް ހާމަކޮށްފައެއްނުވެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ޅައިމަގުގައި ރަހީނުކުރި 17 ކުއްޖާ ފެނިފައިވަނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭގެ ވަގުތުގައި އަތާފައި ބަނދެފައި އޮށްވައެވެ. އަދި އޭނާއަށް އަނިޔާކޮށްފައި ހުރި ނިޝާންތައްވެސް ހުއްޓެވެ.

މި މައްސަލަ ފުލުހުންނާއި ޖެންޑާ މިނިސްޓްރީން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: