ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާޓީ އިތުރަށް ވަރުގަދަ ކުރުމަށް ޖޭޕީގެ ދަތުރުތައް އަތޮޅުތަކަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ޖުމުހޫރީ ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާ ކުރުމަށް އަތޮޅުތެރެއަށް ދަތުރުކުރުމަށް އެ ޕާޓީން ނިންމައިފި އެވެ.

ޖޭޕީގެ ސްޕޯކްސް ޕާސަން އަލީ ސޯލިހް ވިދާޅުވީ ރޭ ބޭއްވި އެ ޕާޓީގެ 143 ވަނަ ކައުންސިލް ބައްދަލުވުމުގައި ޕާޓީގެ ހިންގުން ހަރުދަނާ ކުރުމަށް އަލަށް 10 ކޮމެޓީއެއް އުފައްދަން ކައުންސިލުން ވަނީ ފާސްކޮށްފައި އެވެ. އަދި ކައުންސިލްގެ 15 މެމްބަރުންތެރެއިން ހުސްވެފަވާ 2 މެމްބަރަކު ހޮވުމަށް ކުރިމަތިލުމަށް ފުރުސަތު ހުޅުވާލަން ވެސް ވަނީ ނިންމާފައި އެވެ.

ޖޭޕީގެ ލީޑަރ ގާސިމް އިބްރާހީމް ބައިވެރިވަޑައިގެންނެވި އެ ބައްދަލުވުމުގައި ރިޔާސަތުން ވަނީ ޕާޓީ ހަރަކާތަށް އިތުރުކުރުމަށް އަތޮޅުގެ ރަތްތަކަށް ދަތުރުފަށަން ނިންމަވާފައި ކަމަށް އަލީ ސޯލިހް ވިދާޅުވި އެވެ.

މީގެ އިތުރުން އެ ޕާޓީގެ ސުލޫކީ ކޮމެޓީ އާއި އިސްތިއުނާފް ކޮމެޓީން ހުސެވެފައިވާ މަގާމުތަކަށް ވެސް ރޭގެ ކައުންސިލް ބައްދަލުވުމުގައި މެމްބަރުން އިންތިހާބުކޮށްފައިވެ އެވެ.

ޕާޓީގެ ޑެޕިއުޓީ ލީޑަރ ޑރ. ހުސެއިން ރަޝީދު ހަސަން އާއި ޑެޕީއުޓީ ލީޑަރ އަމީން އިބްރާހިމް އާއި އެކު 29 ކައުންސިލް މެމްބަރުން ބައިވެރި ރޭ ބައްދަލުވުމުގައި ބައިވެރިވެވެވަޑައިގެންނެވި އެވެ.

ޖޭޕީ ހަރުދަނާކުރުމަށް އެ ޕާޓީގެ ކައުންސިލުން ފާސްކުރިއިރު ދާދި ފަހުން ވަނީ އެޕާޓީގެ އިސް ބޭފުޅުންގެ ތަކެއް އެ ޕާޓީން ވަކިވެ އެހެން ޕާޓީއެއް އުފައްދަން މަސައްކަތް ފައްޓަވަފާފައި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: