ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނަޝީދަށް އިންޒާރު ދިން މައްސަލައިގައި 241 ކޮމިޓިން ފުލުހުންނާއި ބައްދަލުކޮށްފި

ރައީސް ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރު ދިން މައްސަލައިގައި 241 ކޮމިޓީން ފުލުހުންނާއި ބައްދަލު ކުރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިޔާގައި އިންޒާރު ދިން މައްސަލަ ތަހުގީގުކުރުމަށް 241 ކޮމިޓީން ފުލުހުންނާއި ބައްދަލުކޮށްފިއެވެ.

މި މައްސަލަ ފުލުހުންގެ އިދާރާއިންވެސް ތަހުގީގު ކުރުމާއި ގުޅިގެން އެކޮމިޓީން ކުރިއަށް ގެންދަނީ ސިއްރުންނެވެ.

މި މައްސަލައާއި ގުޅިގެން ފާޅުކަން ބޮޑު ގޮތެއްގައި ރައީސް މުހައްމަދު ނަޝީދަށް ސޯޝަލް މީޑިއާގައި އިންޒާރުދިނުމާއި ގުޅިގެން ހައްޔަރުކޮށްފައި ވަނީ 40 އަހަރުގެ ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ރ. މީދޫ އިންނެވެ.

ރައީސް ނަޝީދު ބަރުލަމާނީ ނިޒާމާއި ގުޅޭގޮތުން ފޭސްބުކްގައި ކުރެއްވި ޕޯސްޓަކަށް ކޮމެންޓުކޮށް ބުނެފައިވަނީ ރައީސް ނަޝީދު އެނބުރި މާލެ އަތުވެއްޖެނަމަ “އަބޫ ޖަހުލަށް ހެދި ގޮތް ހަދާނޭ” ކަމަށެވެ. އަދި ދެން އޮތް ހަމަލާ ހިތިވާނެކަމަށް ބުނެ އިންޒާރުދީފައިވެއެވެ.

އޭނާގެ ބަންދު މުއްދަތު ޖެހުމަށް އުނގޫފާރު މެޖިސްޓްރޭޓް ކޯޓަށް ގެންދިއުމުން އޭނާ ކުރި އަމަލެއްގެ ސަބަބުން ކޯޓުގެ ހުރުމަތް ކެނޑީކަމަށް ނިންމާ 15 ދުވަހަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ. އަދި އޭނާގެ ބަންދަށްވެސް އިތުރު 15 ދުވަސް ދީފައިވެއެވެ. އެހެންނަމަވެސް އޭނާ ކޯޓުގެ ހުރުމަތް ކެނޑުމަށް ކުރި ކަމެއް ފުލުހުން ހާމަކޮށްފައެއްނުވެއެވެ.

މެއި މަހުގެ 6 ވަނަ ދުވަހު ރައީސް ނަޝީދު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާގައި ލިބުނު ޒަހަމްތަކަށް ފަރުވާ ހޯއްދެވުމަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް އަދިވެސް އެމަނިކުފާނު ހުންނެވީ ރާއްޖެއިން ބޭރުގައެވެ. އަދި މި ފަދަ ހަމަލާތަކުގެ ފަހަރުގައިވާ ބަޔަކު ނުހޯދަނީސް ރާއްޖެ ވަޑައިގަންނަވަން ފަސްޖެހިވަޑައިގަންނަވާކަމަށް އެމަނިކުފާނު ވިދާޅުވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: