ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނޭކުރެންދޫގައި ގާއިމް ކުރާ ޖަލާއި ބެހޭ ގޮތުން މިނިސްޓަރ އިމްރާނާއި ސުވާލު ކުރަނީ

ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މީގެ ކުރިން މަޖިލީހަށް ޖަވާބުދާރީވެވަޑައިގަންނަވަނީ.
ޝެއާރކޮށްލާ ކަހަލަދޯ؟

ހޯމް މިނިސްޓްރީގެ ބެލުމުގެ ދަށުން ހދ. ނޭކުރެންދޫގައި ގާއިމު ކުރުމަށް ނިންމާފައިވާ ކަރެކްޝަނަލް ސެންޓަރާއި ބެހޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ސުވާލު ކުރުމަށް ނިންމައިފިއެވެ.

ނޭކުރެންދޫގައި ގާއިމުކުރުމަށް ހަމަޖެހިފައިވާ ކަރެކްޝަނަލް ސެންޓަރަކީ ދެހާސް ނަވާރަވަނަ އަހަރުން ފެށިގެން ސަރުކާރުން، ހޯމް މިނިސްޓްރޯގެ ބެލުމުގެ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައިވާ މަޝްރޫއުއެކެވެ. މިކަމާއި ގުޅިގެން ހޯމް މިނިސްޓަރ އިމްރާންއާއި ސުވާލުކުރެއްވުމަށް ހުށަހަޅާފައިވަނީ މަކުނުދޫ ދާއިރާގެ މެމްބަރ މުހައްމަދު ރާއީއެވެ.

މިގޮތުން 2019 ވަނަ އަހަރުން ފެށިގެން، ސަރުކާރުން އެރަށުގައި ހޯމް މިނިސްޓްރީގެ ދަށުން އިމާރާތް ކުރުމަށް ނިންމި ކަރެކްޝަނަލް ސެންޓަރު އަޅަން މިހާތަނަށް ކުރެވިފައިވާ އަމަލީ މަސައްކަތާއި ގުޅޭގޮތުން ސުވާލުކުރެއްވުމަށް ހުށަހަޅާފައިވެއެވެ. އަދި މިމަސައްކަތް ކުރުމަށް ކޮންމެ އަހަރަކު ދައުލަތުގެ ބަޖެޓުން އެ ސެންޓަރ އިމާރަތްކުރުމަށް ކޮށްފައިވާ ހަރަދުތަކުގެ ތަފްސީލް ދިނުމަށް ހުށަހަޅާފައިވެއެވެ.

މި މަސައްކަތް ކުރިއަށް ގެންދިއުމަށް އެންމެ ފުރަތަމަ ވާހަކަދެކެވިފައިވަނީ ކުރީގެ ރައީސް ނަޝީދުގެ ވެރިކަމުގައެވެ. އެއަށްފަަހު ވެރިކަން ބަދަލުވެ، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައިވެސް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ރާވައި އަމަލީ މަސައްކަތްތައް ކޮށްފައިވެއެވެ.

އެހެން ނަމަވެސް ނޭކުރެންދޫގައި ޖަލުގެ އަމަލީ މަސައްކަތް ގޮސްފައިވާ ހިސާބު ސާފުކުރުމަށް ރާއީ މީގެ ކުރިންވެސް ހޯމް މިނިސްޓަރާއި އެކި ފަހަރު މަތިން ސުވާލުކޮށްފައި ވެއެވެ. އަދި މިކަމާއި ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ކޮވިޑް-19 އާއި ގުޅިގެން ޖަލުގެ މަސައްކަތް ވަނީ މަޑުޖެހިފައިކަމަށެވެ. އަދި ކޮވިޑާއި ގުޅިގެން ނޭކުރެންދޫގައި ޖަލު އެޅުމުގެ މަޝްރޫއު އަލުން މުރާޖާ ކުރަންޖެހިފައިވާކަމަށްވެސް މިނިސްޓަރ އިމްރާން ވިދާޅުވެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: