ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮވިޑުގެ ހާލަތުގޯސްވެ ފްރޮންޓްލައިނަށް ވޮލަންޓިއަރުން ހޯދަނީ

އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލްގެ ހަރަކާތެއް
ޝެއާރކޮށްލާ ކަހަލަދޯ؟
އައްޑޫ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވެ ފްރަންޓްލައިން ވޮލެންޓިއަރުން ހޯދަން އިއުލާނުކޮށްފިއެވެ.
އައްޑޫ އިކުއެޓޯރިއަލް ހޮސްޕިޓަލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ކޮވިޑާއި ގުޅޭ މަސައްކަތުގައި ފްރަންޓްލައިން ވޮލެންޓިއަރުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ބޭނުންވާ މީހުންނަށް، އެކަމުގެ ފުރުޞަތު ހުޅުވާލާފައިވާކަމަށެވެ.
އަދި ކޮވިޑުގެ ހާލާތާއި ގުޅުން ހުރި ކަންކަމުގައި ފްރަންޓްލައިން  ވޮލެންޓިއަރުންގެ ގޮތުގައި މަސައްކަތް ކުރުމަށް ޝަައުގުވެރިވާ މީހުން މި މަހުގެ 7 ވަނަ ދުވަހުގެ ކުރިން އެހޮސްޕިޓަލަށް ސިޓީ ފޮނުވުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

ކޮވިޑާއި ގުޅޭ ކަންކަމުގައި ވޮލަންޓިއަރުންގެ ގެގޮތުގައި މަސައްކަތްކުރުމަށް ބޭނުންވާ މީހުން މިމަހުގެ 7 ވަނަ ދުވަހުގެ 13:00 ޖެހުމުގެ ކުރިން އެމީހުންގެ ވަނަވަރު ހުށަހެޅުމަށް އެހޮސްޕިޓަލުން ވަނީ އެދިފައެވެ.

މީގެ އިތުރުން ވޮލަންޓިއަރުންގެ ގެގޮތުގައި މަސައްކަތްކުރަން ބޭނުންވާ މީހުން އެހޮސްޕިޓަލަށް ގުޅައިގެން މައުލޫމާތު ސާފުކުރުމަށްވެސް އެހޮސްޕިޓަލުން ބުނެއެވެ.

އައްޑޫ ސިޓީގައި ކޮވިޑުގެ ހާލަތު ގޯސްވެ، އެކްޓިވް ކޭސްތަކެއް ފެނުމާއި ގުޅިގެން، އެސިޓީގެ ގުޅިފައިވާ ރަށްތައް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ މިދިޔަ މަހުގެ 28 ވަނަ ދުވަހުގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: