ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫގައި ކޮވިޑްގެ އެކްޓިވް ކޭސްތައް 800 އާއި ގާތަށް!

ކޮވިޑު 19 ގެ ހާލަތު ރާއްޖޭގައި އަނެއްކާވެސް ވަނީ ގޯސްވެފައި
ޝެއާރކޮށްލާ ކަހަލަދޯ؟

މިވަގުތު ކޮވިޑު-19 ގައި ހާލަތު ގޯސްވެފައިވާ އައްޑޫ ސިޓީން އިތުރު ބަޔަކު ކޮވިޑަށް ޕޮޒިޓިވްވެ އެކްޓިވް ކޭސްތަކުގެ އަދަދުތައް 800 އާއި ގާތްކޮށްފި އެވެ.

އައްޑޫ އިމެޖެންސީ އޮޕަރޭޝަންސް ސެންޓަރުން އާއްމުކޮށްފައިވާ ތަފަސްހިސާބުތައް ދައްކާ ގޮތުގައި، އިއްޔެގެ އިރުއޮއްސި 06:00 އާއި ހަމައަށް އެ ސިޓީގެ ރަށްތަކުން 86 މީހަކަށް ކޮވިޑު ޖެހިގެން ރިޕޯޓު ކުރި އެވެ. އަދި މިވަގުތުގެ އެކްޓިވް ކޭސްތަކުގެ އަދަދު 798 އަށް އަރަ އެވެ. އަދި މިހާތަނަށް އެ ސިޓީގެ ރަށްތަކުން ޖުމްލަ 4665 މީހަކަށް ވަނީ ބަލި ޖެހިފަ އެވެ.

އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި އައްޑޫގައި މިވަގުތު ކޮވިޑުގެ ކޭސްތައް އެންމެ ގިނައީ ހިތަދޫގަ އެވެ. އެއީ 372 ކޭސް އެވެ. އޭގެ އިތުރުން ފޭދޫގައި ބަލިން ފަސޭހަ ނުވާ 132 މީހަކާއި، މީދޫން 87 މީހުން އަދި މަރަދޫގައި 71 މީހަކާއި، ހުޅުދޫގައި 66 މީހުން އަދި މަރަދޫފޭދޫގައި 46 މީހަކު އެބަތިއްބެވެ.

އައްޑޫއަކީ އެންމެ ހަލުވިކޮށް ކޮވިޑު ފެތުރެމުންދާ އެ ސަރަހައްދަށްވާއިރު، އެ ރަށްތަކުގައި ފެތުރެނީ އޮމިކްރޯން ވޭރިއަންޓުކަމަށް އެޗްއީއޯސީން ވަނީ ބުނެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: