ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ގެ ޕޮޒިޓިވް ކޭސްގެ އަދަދު 100 އިން މައްޗަށް!

އައްޑޫ ކޮވިޑު ފެސިލިޓީ/ ފޮޓޯ:- އައްޑޫލައިވް
ޝެއާރކޮށްލާ ކަހަލަދޯ؟

ވޭތުވެ ދިޔަ 24 ގަޑިއިރު ތެރެޭގައި އައްޑޫ އިން ޕޮޒިޓިވް ވި މީހުންގެ އަދަދު 100 އިން މައްޗަށް އަރައިފިއެވެ.

އައްޑޫ އެމާޖެންސީ އޮޕަރޭޝަންސް ސެންޓަރު އާއްމުކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ 123 މީހަކު ޕޮޒިޓިވް ވެފައިވާ އިރު މިވަގުތު އައްޑޫގައި 531 އެކްޓިވް ކޭސް އެބައޮތެވެ.

އިއްޔެ އަލަށް ޕޮޒިޓިވްވި 123 މީހުންގެ ތެރެއިން ތެރެއިން 64 މީހަކު ޕޮޒިޓިވް ވެފައިވަނީ ހިތަދޫ އިންނެވެ. އަދި 25 މީހަކު ފޭދޫ އިން ޕޮޒިޓިވް ވެފައިވާ އިރު މަރަދޫ އިން 6 މީހަކު، ހުޅުދޫ އިން 6 މީހަކު، މީދޫ އިން 1 ގެ އިތުރުން މަރަދޫފޭދޫ އިން 9 މީހަކު ޕޮޒިޓިވް ވެފައިވެއިވެ. އިތުރު އެހެން ތަންތަނުން ވެސް 1 ވަނީ ޕޮޒިޓިވްވެފައެވެ.

 

މިހާތަނަށް އައްޑޫ އިން ޖުމްލަ 3،629 ކޭސް ފެނިފައިވާ އިރު، މީގެ ތެރެއިން 235 ކޭސް ފެނިފައިވަނީ ހިތަދޫ އިންނެވެ. އަދި ފޭދޫ އިން 105 ޕޮޒިޓިވް ކޭސް ފެނިފައިވާ އިރު، ހުޅުދޫ އިން 43 ކޭސް އަދި މީދޫ އިން 91 ކޭސް ފެނިފައިވެއެވެ.

ކޮވިޑުގެ ސަބަބުން އައްޑޫ އިން އެކަނިވެސް 14 މީހުން މަރުވެފައިވެއެވެ. އަދި މިވަގުތު ހޮސްޕިޓަލުގައި 3 މީހަކަށް ދަނީ ފަރުވާ ދެމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: