ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޮފިސަރެއް ޕޮޒިޓީވްވެ މާފުށި ޖަލު އެލާޓަށް!

ފޮޓޯ: ކަރެކްޝަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކ.މާފުށީ ޖަލުގެ އޮފިސަރަކު ކޮވިޑަށްއަށް ޕޮޒިޓިވްވެ ޖަލުގެ ރައްކާތެރިކަމަށްޓަކައި ޖަލު ކުއްލި ހާލަތަށް ގެނެސްފި އެވެ.

އޮފިސަރެއްގެ ފަރާތުން ކޮވިޑްގެ އަލާމާތްތައް ފެނުމާއި ގުޅިގެން އޭނާ ޓެސްޓުކޮށް ނަތީޖާ ޕޮޒިޓިވްވުމާއި ގުޅިގެން މިހާރު ޖަލުގައި ކޮންޓެކްޓް ޓްރޭސިންގެ މަސައްކަތްތައް ކުރަމުން ގެންދާކަމަށް މައުލޫމާތުލިބެއެވެ. އެހެންނަމަވެސް އެކޮމިޝަނުން މިހާތަނަށް ކޮންޓެކްޓް ސާމްޕަލްގެ ގޮތުގައި ނެގި ސާމްޕަލްގެ އަދަދު މިހާތަނަށް ހާމަކޮށްފައެއް ނުވެއެވެ. ޖަލުގައި ތިބޭ އޮފިސަރުން ކޮންޓެކްޓް ވާ މީހުންގެ ތެޜޭގައި ޖަލުގައި ތިބޭ ގައިދީންނާއި އެތަނުގެ މަސައްކަތްކުރާ އެހެން މުއައްޒަފުންވެސް ހިމެނޭނެއެވެ.

އެހެންނަމަވެސް އެކޮމިޝަނުން ނަގާ ހުރިހައި ސާމްޕަލްތަކެއްގެ ނަތީޖާ ލިބުމާއި ހަމައަށް ޖަލުގައި ކުއްލި ހާލަތު އިއުލާނު ކުރެވިފައި އޮންނާނެ އެވެ.

ކޮވިޑަށް ޕޮޒިޓިވްވާ މީހުންގެ އަދަދު ގިނަވަމުންދާއިރު، ފާއިތުވި ދޮޅުމަސްތެރޭގައި ނާރާ އަދަދަށް ޕޮޒިޓިވްވި ކޭސްތަކުގެ އަދަދު ވަނީ އަރާފައެވެ. މިގޮތުން އިއްޔެ ޖުމްލަ 173 މީހަކު ޕޮޒިޓިވް ވެފައި ވާ އިރު މާލެ ސަރަހައްދުން ވަނީ 68 މީހަކު ޕޮޒިޓިވް ވެފައެވެ.

އަދި އަތޮޅުތަކުން 89 މީހެއް ޕޮޒިޓިވްވެފައިވާއިރު، ރިސޯޓް ތަކުން 16 މީހަކު ވަނީ ޕޮޒިޓިވްވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: