ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މާރާމާރީއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން އެމްޑީޕީން ގޮވާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

އެމްޑީޕީގެ އޮފީސް ތެރޭގައި ހިންގި މާރާމާރީއާ ގުޅިގެން ޖިނާއީ ތަހުގީގެއް ހިންގަން އެމްޑީޕީން ގޮވާލައިފިއެވެ.

އިއްޔެ މެންދުރު މެންދުރު 12:30 ހާއިރު އެމްޑީޕީ އޮފީހުގައި ހިންގި މާރާމާރީގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް ނަސީމް މަންމަ، މަންދީ ޒުބައިރުގެ އިތުރުން، އެ އޮފީހުގެ އިތުރު މުވައްޒަފަކަށްވެސް ވަނީ އަނިޔާ ލިބިފައެވެ. ލިބުނު ޒަހަމްތަކަށް މަންދީއަށް އޭޑީކޭގައި ފަރުވާދިނުމަށްފަހު މިރޭ ވަނީ ގެއަށް ދޫކޮށްލައިފައެވެ.

އެކަމާ ގުޅިގެން އެމްޑީޕީން ނެރުނު ބަޔާނެއްގައި ބުނީ އެ ޕާޓީގެ އޮފީހުގައި ހިމެނޭ ފިރިހެން މުވައްޒަފަކު މިއަދު އޮފީސްތެރޭގައި އަންހެން މުވައްޒަފަކަށް ޙަމަލާދީ ވަރަށް ބޮޑަށް އަނިޔާކޮށްފައިވާތީ، އެ އަނިޔާވެރި މާރާމާރީގެ ޢަމަލު ހަރުއަޑުން ކުށްވެރިކުރާ ކަމަށެވެ.

އަދި އެފަދަ ޢަމަލުތައް ޓޮލަރޭޓް ނުކުރާނެ ކަމަށާއި މި މައްސަލައިގެ އަވަސް އަދި ފުރިހަމަ ޖިނާޢީ ތަޙްޤީޤެއް ކޮށްދިނުމަށް މޯލްޑިވްސް ޕޮލިސް ސަރވިސަށް އެމްޑީޕީން ވަނީ ގޮވާލާފައެވެ. މިގޮތުން މި މައްސަލަ ފުލުހަށް ހުށަހަޅާފައިވާއިރު މި މާރާމާރީގައި އެ އޮފީހުގެ ފިރިހެން މުވައްޒަފަކަށް ވެސް އޭނާ ހަމަލާދީފައިވާ ކަމަށްވެސް ބުނެފައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: