ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮޑެތި އަދަދުން ލޯނު ނަގާއިރު، އޭގެއިން ކުރާ ކަމެއް ބަލަންޖެހޭ: ޚަލީލް

ޕީޕީއެމްގެ "އައްޑަނަ" ޖަލްސާގައި ހަލީލް ވާހަކަދައްކަވަނީ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެރިކަން ކުރާ ސަރުކާރުން ގިނަ އަދަދެއްގެ ލޯނުތައް ނަގަމުން ގެންދާއިރު، އެލޯނުތައް ނަގާފައި ކުރަނީ ކޮން ކަމެއްތޯ ބަލަންޖެހޭކަމަށް ނިލަންދޫ ދާއިރާގެ ކުރީގެ މެމްބަރު، ޑރ. އަބްދުﷲ ޚަލީލް ވިދާޅުވެއްޖެ އެވެ.

ކާނިވާ ސަރަހައްދުގައި “އައްޑަނަ” ނަމުގައި ޕީޕީއެމްއިން ބާއްވާ ޖަލްސާގައި ވާހަކަދައްކަވަމުން ޚަލީލް ވިދާޅުވީީ މިސަރުކާރު ފެށިގެން އައި ދުވަސްވަރު ފެނިގެންދިޔައީ ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރި މީހުންނަށް ބަދަލުގެ ގޮތުގައި ބިލިއަނުން ރުފިޔާ ހަރަދު ކުރި މަންޒަރުކަމަށެވެ. އަދި މި ފެންނަނީ ދައުލަތާއި ދައުލަތުގެ ރައްޔިތުންނަށް ބުރަ އުފުލަން ޖެހޭފަދަ ކަންތައްތައް ކުރަމުންގެންދާ މަންޒަރުކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

އަދި ނިމިދިޔަ ސަރުކާރުގައި ކުރީގެ ރައީސް ޔާމީންގެ ދަރުކާރުގައި ކަންތައްތައް ކުރައްވާފައިވަނީ މިހެނެއް ނޫންކަމަށް ވިދާޅުވެ ހަލީލް ވިދާޅުވީ، ގިނަ ރުފިޔާތަކެއް ބޭކާރު ގޮތުގައި ހަރަދު ކުރުމުގެ ބަދަލުގައި ރައީސް އަބްދުﷲ ޔާމީން ވަނީ ތަރައްގީގެ އެކި މަޝްރޫއުތައް ރާއްޖެ ގެނެސްފައިކަމަށެވެ. އަދި ރައީސް ޔާމީން ބައްލަވަނީ ލޯނެއް ނެންގެވިކަމުގައިވީނަމަވެސް ރާއްޖޭގެ ރައްޔިތުންނަށް އާމްދަނީ ހޯދޭނެ ވަސީލަތެއް ކަށަވަރު ކޮށްދިނުމަށް ކަމަށް ހަލީލް ވިދާޅުވިއެވެ.

މީގެ ތެރޭގައި ރައީސް ޔާމީން ގެންނެވި އެންމެ ބޮޑު އެއް ތަރައްގީގެ ގޮތުގައި ފާހަގަވާ ހުޅުމާލެ އެއާޕޯޓު ތަރައްގީކުރުމަށް އެއްބިލިއަން ޑޮލަރު އިންވެސްޓު ކުރުމުގެ ނަތީޖާއަކަށް ވެގެންދަނީ 7 މިލިއަން މީހުންނަށް ކޭޓާ ކުރެވޭ އެއާޕޯޓެއް އައުން ކަމަށާއި، އަދި މިކަމުގެ ސަބަބުން ރާއްޖޭގެ ޓުއަރިޒަމްގެ ސިނާއަތުގައި ހިމެނޭ ކޮންމެ މީހަކަށް އެއާޕޯޓުންނާއި، ޓެކްސްގެ ގޮތުގައި އެތައް ފައިދާއެއް ދައުލަތަށް ލިބުންކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ މިސަރުކާރުން ރައީސް ޔާމީންގެ ޒައާމަތުގައި އެންމެ ފާޑުކިއުންތައް އަމާޒުކުރި އެއްކަންތައްކަމުގައިވަނީ ސިނަމާލެ ބްރިޖްގެ މަޝްރޫއުއަށް 53 މިލިއަން ޑޮލަރު ހަރަދުކުރުމާއި ގުޅިގެންކަން ފާހަގަކުރައްވައި، ހަލީލް ވަނީ މި މަޝްރޫއުއާއި ގުޅޭ ބައެއް ހިސާބުތައް އާންމުންނާއި ހިއްސާކުރައްވާފައެވެ. މިގޮތުން ސިނަމާލެ ބްރިޖަކީ 198 މިލިއަން ޑޮލަރުގެ ބްރިޖެއް ކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. އަދި ލިންކު ރޯޑުގެ އަގަކީ 24 މިލިއަން ޑޮލަރުކަމަށާއި، މީގެ ތެރޭގައި 113 މިލިއަން ހިލޭ އެހީގެ ގޮތުގައި 57 އިންސައްތަ ހިލޭ އެހީ ހިމެނޭކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. 

އަދި މިސަރުކާރުން 530 މިލިއަން ޑޮލަރަށް ބްރިޖް އަޅާ ވާހަކަ ދައްކާފައިވާކަން ފާހަގަކުރައްވައި ހަލީލް ވިދާޅުވީ މި މަޝްރޫއުގެ ތެރެއިން ހިލޭ އެހީގެ ގޮތުގައި ހަމަޖައްސާފައިވަނީ 100 މިލިއަން ކަމަށާއި އެއީ 19 އިންސައްތަކަމަށެވެ. އަދި މިކަމަށް އިޝާރާތްކުރައްވައި ރައްޔިތުންނަށް ހައްގުވާ މިންވަރަކީ އެއީތޯ އޭނާ ސުވާލު އުފެއްދި އެވެ.

ސަރުކާރުން އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ފްލައި އޯވާސްތަކާއި ބްރިޖުގެ ދިގުމިނަކީ 2.5 ކިލޯ މީޓަރުކަން އަޅާކިޔުއްވަމުން ހަލީލް ވިދާޅުވީ ރައީސް ޔާމީން އެޅުއްވި ބްރިޖުގެ ދިގުމިނަކީ 1.53 ކިލޯ މީޓަރުގެ ދިގުމިނެއްކަމަށެވެ. އަދި އަގުގެ ތަފާތައް ބަލާނަމަ ރައީސް ޔާމީން އެޅުއްވި ބްރިޖާއި މިސަރުކާރުން އަޅަމުންދާ ބްރިޖަށް ހަރަދުވާނެ މިންވަރަކީ ގާތްގަނޑަކަށް 355 މިލިއަން ޑޮލަރުކަމަށް ވިދާޅުވި އެވެ. އަދި އެހެންކަމަށްވާނަމަ 530 އިން 355 ކެނޑުމުން އެއަންނަ 175 މިލިއަން ޑޮލަރަށް ވަނީ ކިހިނެއްތޯ ސުވާލް އުފައްދަން ޖެހޭކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރުން އެމަނިކުފާނުގެ ވެރިކަމުގައި ވަޒީރުންނާއި ބައްދަލުކުރައްވައި ސޮވެރައިން ޑިވެލޮޕްމެންޓު ފަންޑެއް ގާއިމުކޮށް އެމަނުކުފާނުގެ ވެރިކަމުގެ 5 އަހަރު ނިމުނު އިރުގައި ސޮވެރައިން ފަންޑުގައި 105 މިލިއަން ޑޮލަރު ހުރިކަމާއި، އެހެންނަމަވެސް މިއަދު އެފަންޑުވެސް ވަނީ ހުރިތާ ހުރި ވަޅުގަނޑަކަށް ބަދަލުވެފައިކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ. އަދި އެފަންޑުގައި އެއްވެސް ފައިސާއެއް ނެތީ ކީއްވެކަންވެސް ބަލަންޖެހޭކަމަށް ހަލީލް ވަނީ ވިދާލުވެފައެވެ.

މީގެ އިތުރުންވެސް މިޖަލްސާގައި ވާހަކަދައްކަވަމުން ހަލީލް ވަނީ ރާއްޖޭގައި ފޮރުވިފައިވާ ރިސޯސަސް އަދިވެސް އޮތީ ނުހޯދި ކަމަށް ވިދާޅުވެފައެވެ. ނަމަވެސް ނިމިދިޔަ ސަރުކާރުގައި ރާއްޖޭގައިވާ ރިސޯސަސް ހޯދައި ބެލުމަށް ކުރީގެ ރައީސް ޔާމީން އެމަނިކުފާނުގެ ވެރިކަމުގައި މަސައްކަތް ކުރައްވާފައިވާކަމަށް ހަލީލް ވަނީ ވިދާޅުވެފައެވެ.

މިކަން ފާހަގަކޮށް ހަލީލް ވިދާޅުވީ، 1962 ވަނަ އަހަރުގައި ސައުތް ޗައިނާއިން އެތަނުގެ ކަނޑު އަޑީގައި ރިސޯސް ހުރިތޯ ބެލުމާއި ގުޅިގެން ނިކުތް ނަތީޖާއަކީ ދުނިޔޭގައި އެންމެ މުއްސަނދިކަން އޮތް ސަރަހައްދުކަމުގައި އެތަން ހިމެނުން ކަމަށެވެ. އެހެންނަމަވެސް ހައިޑްރޯގްރަފީގެ ނަމުގައި އެއްބަސްވުންތައް އެކުލަވާލައި މިސަރުކާރުން ދަނީ ރާއްޖޭގެ ކަނޑުގެ އަޑި ބޭރު ގައުމަކަށް ހިބަކޮށް ދީފައިވާކަމަށް އޭނާ ވިދާޅުވި އެވެ.

ރާއްޖެއަށް އާމްދަނީ ހޯދޭނެ ފަދަ ރިސޯސްތައް ކަނޑުގެ އަޑީގައި ވަނީ ކިހައި އަދަދަކަށްކަން ވެސް އަންދާޒާ ނުކުރެވޭކަން ފާހަގަކުރައްވައި ހަލީލް ވަނީ މިއީ ދިވެހިން ހާއްސަ ގޮތެއްގައި ސަމާލުކަމެއް ދޭންޖެހޭ ކަމެއްކަން ފާހަގަކުރައްވާފަ އެވެ.

އިދިކޮޅު ޕީޕީއެމްއިން ކާނިވަލް ސަރަހައްދުގައި ބާއްވާ ޖަލްސާގައި އެޕާޓީން ވަނީ ގިނަ އަދަދެއްގެ މެމްބަރުންނާއި ސަޕޯޓަރުން ބައިވެރިވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: