ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބަޔާން ނަގަން ބަޔަކު އަންނަންޖެހޭ ސަބަބެއް ނުފެނޭ: ނަޝީދު

ރައްޔިތުންގެ މަޖިލީހުގެ ރައީސް. ރައީސް މުހައްމަދު ނަޝީދު
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއާއި ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް އެމަނިކުފާނުގެ ބަޔާން ނަގަން ޔޫކޭއަށް ބަޔަކު އަންނަންޖެހޭ ސަބަބެއް ނުފެންނަ ކަމަށް ނަޝީދު ވިދާޅުވެއްޖެ އެވެ.

ބޮމުގެ ހަމަލާއާ ގުޅިގެން ނަޝީދު މިވަގުތު ހުންނެވީ އިނގިރޭސިވިލާތުގައެވެ. ނަޝީދުގެ ބަޔާން ނެގުމާމެދު ފުލުހުން ޕީޖީ އާއެކު މަޝްވަރާ ކުރަމުން އަންނައިރު ނަޝީދުގެ ބަޔާން ނެގުމަށް ފުލުހުންގެ ވަފްދެއް އިނގިރޭސިވިލާތަށް ވަޑައިގަންނަވަން އުޅުއްވާ ކަމުގެ އަޑުތަކެއް ވެސް ވަނީ ފެތުރިފައެވެ.

ނަމަވެސް މިއަދު ރައީސް ނަޝީދު ކުރެއްވި ޓުވީޓުގައި ވިދާޅުވީ އެމަނިކުފާނުގެ ބަޔާނެއް ނަގަން ބަޔަކު އިނގިރޭސިވިލާތަށް އަންނަން ޖެހޭ ސަބަބެއް ފެނިވަޑައިނުގަންނަވާ ކަމަށާއި މިއީ އެމަނިކުފާނުގެ މައްޗަށް އުފުލޭ ދައުވާއެއް ނޫން ކަމަށެވެ.

“އެހެނަސް ފުލުހުން ޔޫކޭގެ އިދާރާތަކާއި މަޝްވަރާ ކުރުމަކީ ބޭނުންތެރި ކަމެއް ކަމަށް ދެކެން” ނަޝީދު ވިދާޅުވިއެވެ.

ހައެއްފަހެއްގެ ޓެރަރިސްޓް ހަމަލާއާ ގުޅިގެން ފުލުހުން ކުރިއަށް ގެންދާ ތަހުގީގަށް ރައީސް ނަޝީދުގެ ބަޔާނެއް ބޭނުންވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. ޕީޖީ ހުސައިން ޝަމީމް ވެސް މީގެކުރިން ވަނީ ރައީސް ނަޝީދު ބަޔާނެއް ދެއްވާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: