ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތިނަދޫ ބާޒާރުގައި ވިއްކަންހުރި ގޮދަންފުށެއް ބޭނުން ނުކުރަން އަންގައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫ ބާޒާރުގައި ވިއްކަންހުރި ގޮދަންފުށެއް ބޭނުން ނުކުރުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އަންގައިފިއެވެ.

އެމްއެފްޑީއޭއިން ބޭނުން ނުކުރުމަށް އަންގާފައިވަނީ ” ޕްރިމަ ސިލޯން” ބްރޭންޑުގެ ގޮދަން ފުށެކެވެ.  އެއީ ތިނަދޫގައި ރައްކާކޮށްފައިހުރި އެ ބްރޭންޑުގެ ގޮދަންފުށުން ގިނަ އަދަދަކަށް އުކުނާއި ފަނިހުރިކަން ކަށަވަރުވެފައިވާތީކަމަށް އެމްއެފްޑީއޭ އިން ވަނީ ބުނެފައެވެ.

އެމްއެފްޑީއޭއިން ހާމަކޮށްފައިވާގޮތުގައި މައްސަލަ ފާހަގަވެފައިވަނީ “ޕްރިމަ ސިލޯން” ބްރޭންޑުގެ ބެޗް ނަންބަރު MD2021003 ގައެވެ.

އެމްއެފްޑީއޭ އިން ވަނީ މި ބްރޭންޑްގެ އެ ބެޗްގެ ފުށް ނުވިއްކުމަށާއި، ބޭނުން ނުކުރުމަށް އަންގައިފައެވެ. އަދި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ އޮތޯރިޓީން އެހެން ބެޗްތަކުގެ ސުންކު ނަގާ ޓެސްޓު ކުރުމުގެ މަސައްކަތް ކުރަމުންދާކަމަށްވެސް އެމްއެފްޑީއޭއިން ވަނީ ހާމަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: