ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑު ކުރުމުގެ 57 ޕަސެންޓް މަސައްކަތް ނިމިއްޖެ

ޝެއާރކޮށްލާ ކަހަލަދޯ؟

ގދ. ތިނަދޫގައި ހުންނަ ޑރ. ޢަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލް ބޮޑުކޮށް މަރާމާތު ކުރުމުގެ މަޝްރޫޢުގެ މަސައްކަތުގެ 57 ޕަސެންޓް ނިމިއްޖެ އެވެ.

އެ މަސައްކަތް ކުރަމުންދާ އެމްޓީސީސީން ބުނީ ހޮސްޕިޓަލް ބޮޑުކުރުމުގެ މަސައްކަތުގެ ތެރެއިން އޯޕީޑީ އިމާރާތުގެ 75 ޕަސެންޓާއި ވިއްސާކޮޓަރި ހުންނަ އިމާރާތުގެ 52 ޕަސެންޓް މިހާރު ނިމިފައިވާ ކަމަށެވެ.

މިދިޔަ އަހަރުގެ މެއި މަހު އެމްޓީސީސީއާ ހަވާލުކޮށްގެން ހިންގާ މި މަޝްރޫއުގެ ދަށުން 14 ކޮންސަލްޓިން ރޫމް ހިމެނޭ އޯޕީޑީ އޭރިޔާއެއް އަޅަންޖެހެ އެވެ. އަދި ލޭބަރ ރޫމަކާއި އެންއައިސީޔޫއަކާއި 4 ޕްރައިވެޓް ރޫމްވެސް އަޅަންޖެހެ އެވެ. އޭގެ އިތުރުން ވެސް ބައެއް ބަދަލުތައް ހޮސްޕިޓަލަށް ގެނަންން ޖެހޭއިރު މަސައްކަތް އެއްކޮން އަންނަ އަހަގެ ޖެނުއަރީއަށް ނިމޭނެ ކަމަށް އެމްޓީސީސީން ލަފާކުރެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: