ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވެމްކޯ ދޮރުމައްޗަށް ކުނި ލޮރީ ހުސްކުރެވުނީ މިސްކޮމިޔުނިކޭޝަނެއްގެ ތެރެއިން: ކައުންސިލް

ސިޓީ ކައުންސިލުން ވެމްކޯ ދޮރުމައްޗަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިޔޯގެ ސްކްރީންޝޮޓެއް/ ޓުވިޓަރ
ޝެއާރކޮށްލާ ކަހަލަދޯ؟

ވެމްކޯ ދޮރުމައްޗަށް މާލެ ސިޓީ ކައުންސިލްގެ ކުނި ލޮރީ ހުސްކޮށްލެވުނީ ހިނގާދިޔަ “މިސްކޮމިޔުނިކޭޝަން”އެއްގެ ތެރެއިންކަމަށް މާލެ ސިޓީ ކައުންސިލުން ބުނެފިއެވެ.

ވެމްކޯއިން މާލެ ސިޓީގެ ގޭބީސީތަކުން ކުނި ނެގުމުގެ މަސައްކަތް ރަނގަޅުގޮތުގައި ކުރިއަށް ނުގެންދެވޭތީ މާލެ ސިޓީ ކައުންސިލުން ވަނީ މާލޭގެ އެކި ހިސާބުތަކުން ކުނި ނަގަން ފަށާފައެވެ. އަދި ކުނި ނެގުމަށްފަހު ވެމްކޯގެ ދޮރުމައްޗަށް ކުނި އުކާލާ މަންޒަރު ފެންނަ ވީޑިޔޯތަކެއް ސޯޝަލް މީޑިޔާގައި ވަނީ ދައުރުވެފައެވެ. އަދި ސިޓީ ކައުންސިލަށް އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ.

މިކަމާއި ގުޅިގެން ސިޓީ ކައުންސިލުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މާލެ ސިޓީގެ ޑެޕިޔުޓީ މޭޔަރ އަހުމަދު ނަރީޝް ވިދާޅުވީ އެކަން އެގޮތަށް ދިމާވީ ކުނި ލޮރީ ދުއްވަން އިން ޑްރައިވަރާއި އެސަރަހަައްދުގައި ހަރަކާތްތެރިވަމުންދިޔަ ސުޕަވައިޒަރާއި ދެމެދު ހިނގާދިޔަ މިސްކޮމިޔުނިކޭޝަނެއްގެ ތެރެއިން ކަމަށެވެ. ވެހިކަލްގައި ކުނި ނެގުމަށްފަހު ވެމްކޯ ސަރަހައްދަށް ދިޔުމުން އެސަރަހައްދަށް އެވަގުތު ނުވަދެވުނު ކަމަށާއި ކުނި ލޮރީ ދޮރުމައްޗަށް ހުސްކުރަންޖެހުނީ ޑްރައިވަރާއި ސުޕަވައިޒަރާއި ދެކެވުނު ވާހަކަތައް ރަނގަޅަށް ފަހުމުނުވެގެންކަމަށް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް ވިދާޅުވީ، އެކަން ފެންމަތިވި ހިސާބުން ވަގުތުން އެކަން ހައްލުކުރުމަށް މަސައްކަތް ފެށިކަމަށެވެ. އެގޮތުން، އެސަރަހައްދުން ކުނިތައް ނަގައި، ވެމްކޯގެ ސީނިއަރ މެނޭޖްމަންޓާއި އެކީ ވާހަކަދެކެވުނުކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި ސިޓީ ކައުންސިލުން ކުނި އުފުލަމުންދާ ލޮރީތަކުން، އެކުނިތައް ވެމްކޯގެ އުފުލިތަކަށް ހުސްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާކަމަށް ނަރީޝް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ނަރީޝް ވިދާޅުވީ، ވެމްކޯއަށް މަހެއްގެ މައްޗަށް 3.1 މިލިޔަން ރުފިޔާ ކުނި މެނޭޖްކުރުމަށް ހަރަދުކުރަމުންދާ ކަމަށެވެ. އެއާއެކު، މާލެ ސިޓީ ކައުންސިލުން ބޭނުންވާ ސްޓޭންޑަޑެއްގައި ކުނި އުކާލައި، މާލެ ތެރެ ސާފުތާހިރުކޮށް ބޭއްވުމަށް ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު އެއްބަސްވުމެއް ގާއިމްކުރެވިފައިވާކަމަށް ނަރީޝް ވިދާޅުވިއެވެ. މިމަސައްކަތަކީ ވެމްކޯއިން ކުރަންޖެހޭ މަސައްކަތަކަށްވާއިރު، ގޭބީސީތަކުން މަގުމައްޗަށް ނެރެފައި ހުންނަ ކުނި އުކާލުމުގެ ޒިންމާވެސް ނަގަންޖެހޭނީ ވެމްކޯއިންކަމަށް ނަރީޝް ވިދާޅުވިއެވެ.

“ރެޖިސްޓަރޑް ގެތަކުން އެކަނި ކުނި ނެގުމަށް ވެމްކޯއިން ނިންމި ނަމަވެސް، ހަގީގަތުގައި މިއެގްރީމަންޓް އޮތްގޮތުން ގޭބީސީތަކުން މަގުމައްޗަށް ނެރެފައި ހުންނަ ކުނި އުކާލުމުގެ ޒިންމާވެސް ނަގަންޖެހޭނީ ވެމްކޯއިން” ނަރީޝް

މަގުމަތިން ކުނި ނެގުމުގެ ޒިންމާ ސިޓީ ކައުންސިލުން ނަގަންޖެހުނީ ވެމްކޯއަށް އެޒިންމާ އެކަށީގެންވާ ގޮތަކަށް އަދާނުކުރެވުމުންކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މިއަދު އެމަސައްކަތް ފަށާފައިވާއިރު، މިހާރު މަސައްކަތް ކުރަމުންދަނީ ވެމްކޯގެ މަސައްކަތަށްވެސް ބުރޫނާރާ ފަދަ ގޮތަކަށް އެކަންކަން ކުރުމަށްކަމަށް ނަރީޝް ވިދާޅުވިއެވެ. އަދި މާލޭގެ މަގުތައް ސާފުކޮށް ބޭއްވުމަށްޓަކައި އެވަގުތަކު އަޅަންޖެހުނު ކޮންމެ ފިޔަވަޅެއް އަޅާނެކަމަށް ނަރީޝް ވިދާޅުވިއެވެ.

ކޮވިޑާއި ގުޅިގެން ގެތަކުގެ އެންމެ ތިރީ ފަންގިފިލާއިން ކުނި ނެގުމަސްފަހު މިވަގުތު އަނެއްކާވެސް ވަކި ވަކި ގެތަކަށް ގޮސްގެން ވެމްކޯއިން އަންނަނީ ކުނި ނަގަމުންނެވެ. މީގެ ކުރިންވެސް ކުނި ނެގުމުގެ މައްސަލާގައި ސިޓީ ކައުންސިލާއި ވެމްކޯއާއި ދެމެދު ބައެއް ޚިޔާލު ތަފާތުވުންތައް އުފެދި، ބަހުގެ ހަމަލާތައް ކައުންސިލާއި ވެމްކޯއާއި ދެމެދު ވަނީ ރައްދުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: