ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސްޓެލްކޯއިން ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލައިފިއެވެ.

ސްޓެލްކޯ އިން ބުނީ އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޕްލާސްޓިކް ނުވަތަ “ސިންގަލް ޔޫސް ޕްލާސްޓިކް” ބޭނުން ކުރުން ހުއްޓާލުމަށް ނިންމާފައިވާތީ ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށެވެ. އަދި މިއަހަރުގެ އެޕްރީލް މަހުގެ ފުރަތަމަ ދުވަހުން ފެށިގެން “ފެހި ދިރިއުޅުން” ޕްރޮގްރާމުގެ ދަށުން 35 އިންޖީނުގޭގައި އެއް ފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކް ވެއްދުން މަނާކޮށްފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

“މި ނިންމުމާއެކު، ސްޓެލްކޯއިން އަމާޒު ހިފީ ކައިރި މުސްތަގުބަލެއްގައި މިކުންފުނީގެ ސްޓެލްކޯ ފެން ބްރޭންޑުގެ ދަށުން ޕްލާސްޓިކް ފުޅީގައި ބަންދުކޮށްގެން ވިއްކަމުން ގެންދިޔަ ފެން ވިއްކުން ހުއްޓާލުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރުމަށް. އެގޮތުން އެ އަމާޒަށް ވާސިލުވުމަށް މިހާރު ވަނީ ޕްލާސްޓިކް ފުޅީގައި ފެން ބަންދުކުރުން އެއްކޮށް ހުއްޓާލާފައި،” ސްޓެލްކޯއިން ބުންޏެވެ.

ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު ހަސަން މުގުނީ ވިދާޅުވީ އެ ނިންމުމަކީ ވަށައިގެންވާ މާހައުލަށް ޕްލާސްޓިކުގެ ސަބަބުން ލިބެމުން އަންނަ ގެއްލުން ކުޑަކުރުމަށް ވަރަށް މުހިއްމު ނިންމުމެއް ކަމަށާއި ސްޓެލްކޯއިން މި ދެއްކި ނަމޫނާއާ އެއްގޮތަށް އެހެން ފަރާތްތަކުންވެސް އަމަލު ކުރަމުން ގެންދާނެ ކަމަށް އުއްމީދު ކުރާ ކަމަށެވެ.

“ޕްލާސްޓިކް ފުޅީގައި ފެން ބަންދު ކުރުން ހުއްޓާލި ނަމަވެސް، އަޅުގަނޑުމެން ވަރަށް ކައިރި މުސްތަގުބަލެއްގައި ތިމާވެއްޓާ ރައްޓެހި ފެނުގެ އިތުރު ޕްރޮޑަކްޓެއް، އާދެ ބިއްލޫރި ފުޅީގައި ފެން ވިއްކަން ފަށާނަން” މުގުނީ ވިދާޅުވިއެވެ.

އެކުންފުނީގެ ގްރީން ލައިފް އިނިޝިއޭޓިވްގެ ދަށުން ސިންގަލް ޔޫސް ޕްލާސްޓިކް ބޭނުން ކުރުން ހުއްޓާލުމަށް ކޮންމެ މުވައްޒަފަކަށް ވެސް ރީ ޔޫސަބަލް ފެންފުޅި އާއި ފޮތި ދަބަސް ވަނީ ހަވާލުކޮށްފައެވެ. އަދި މަސައްކަތުގެ މާހައުލުގައި ފެން ބުއިމުގެ އާދަ އަށަގަންނަވައި ދުޅަހެޔޮ ސިއްހަތެއްގައި މުވައްޒަފުން ތިބުމަށް ބާރުއެޅުމަށް މައި އޮފީހުގެ ވަކިވަކި ޑިޕާޓްމަންޓުތަކުގައި ވޯޓާ ޑިސްޕެންސާ ނުވަތަ ބޯފެން ފުޅިއަށް އަޅައިގެން ބޭނުން ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

މީގެ އިތުރުން އެކުންފުނީގެ ވިޔަފާރި ހިދުމަތްތައް ލިބި ގަންނަ ފަރާތްތަކަށް ޕްލާސްޓިކް ކޮތަޅުގެ ބަދަލުގައި ކަރުދާސް ކޮތަޅު ފޯރުކޮށްދީފައިވާ ކަމަށްވެސް ސްޓެލްކޯއިން ބުންޏެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: