ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހައިކޯޓުގެ މުވައްޒަފަކަށް ކުރި މެސެޖެއް ލީކްކޮށްލި މައްސަލަ ޑީޖޭއޭއަށް

ކައުންސިލްތަކުގެ ބައެއް ގޮނޑިތަކަށް ފިރިހެނުން ކުރިމަތި ލުމުން "މަހުރޫމް ވީ" މައްސަލަ ހައި ކޯޓުން ބަލައިގެންފި
ޝެއާރކޮށްލާ ކަހަލަދޯ؟

ހައި ކޯޓުގެ އިދާރީ މުވައްޒަަފަކަށް ގާނޫނީ ވަކީލް ނާޒިމް އަބްދުއްސައްތާރު ފޯނުން ކުރި މެސެޖުތަކެއް އެ ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޝުޖާއު އުސްމާން ސޯޝަލް މީޑިއާގައި ލީކުކޮށްލިކަމަށް ބުނެ އެ މައްސަލަ ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ބަލައިދިނުމަށް ހުށަހަޅައިފި އެވެ.

ޗީފް ޖުޑިޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒުނާއަށް އެޑްރެސް ކުރައްވައި ނާޒިމް ފޮނުއްވި ސިޓީއެއްގައި ވަނީ މިދިޔަ މަހާއި މި މަހުގެ ތެރޭގައި ނާޒިމްގެ ފޯނުން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުއްވި މެސެޖްތަކެއް ޝުޖާއު ޓްވިޓާގައި ލީކް ކޮށްފައިވާތީ އެ މައްސަލަ ބައްލަވައި ދެއްވުމަށް އެދިފައެވެ.

“އޮގަސްޓް 2021 އާއި ސެޕްޓެމްބަރ 2021 ގައި އަޅުގަނޑުގެ ފޯނުން، ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް ފޮނުވި މެސެޖުތަކެއް، ހައި ކޯޓުގެ ކުރީގެ އިސް ފަނޑިޔާރު ޓްވިޓާރގައި ލީކް ކޮށްފައިވާތީ، މި މައްސަލަ ބައްލަވާ ދެއްވުން އެދެމެވެ.” ނާޒިމް ވިދާޅުވެފައިވެ އެވެ.

ނާޒިމް ވަކާލާތު ކުރައްވާ ބައެއް މައްސަލަތައް ވަކި ފަނޑިޔާރުންތަކަކަށް ހަވާލުނުކޮށްދެއްވުމަށް އެދިވަޑައިގެން ހައި ކޯޓުގެ އިދާރީ މުވައްޒަފުންނަށް އޭނާ ކުރައްވާފައިވާ މެސެޖްތަކުގެ ސްކްރީން ޝޮޓެއް ޝުޖާއު ޓްވީޓާގައި އާންމުކުރައްވައި އެއީ ފަނޑިޔާރުންނަށް ނުފޫޒު ފޯރުވުން ކަމުގައި ސިފަކުރެއްވިއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: