ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ނުހިނގާ: ޖެންޑާ

ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ހުޅުމާލޭގައި ބައިތިއްބާ ފިޔަވަތީގައި އެއްވެސް “ރަޔަޓެއް” ހިންގާފައިނުވާ ކަމަށާއި އެތަނުގައި އެއްވެސް ކުއްޖަކަށް އަނިޔާވެފައި ނުވާ ކަމަަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ޖެންޑާ އިން މިހެން ބުނެފައިވަނީ ފިޔަވަތީގައި މިއަދު ހިނގި ހަމަނުޖެހުން ހޫނުވެ ކުޑަކުއްޖަކު އެމަޖެންސީގައި ގެންގޮސްފައިވާ ކަމަށް ބުނެ ބައެއް ފަރާތްތަކުން ސޯޝަލް މީޑިއާގައި ފަތުރަމުންދާ ވާހަކަތަކާ ގުޅިގެންނެވެ.

އެކަމާ ގުޅިގެން ޖެންޑާ އިން ބުނީ ފިޔަވަތީގައި އެއްވެސް ހަމަނުޖެހުމެއް ހިންގާފައި ނުވާ ކަމަށާއި އެމްބިއުލަންސްގައި ގެންދާ ކުއްޖާ އަކީ ނަފްސާނީ އެހީތެރިކަން ބޭނުންވާ ކުއްޖެއް ކަމަށެވެ. އެގޮތުން ވީޑިއޯ އިން ފެންނަނީ ފަރުވާ ހޯދުމަށް އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވޭ މަންޒަރު ކަމަށްވެސް ޖެންޑާ އިން ބުނެއެވެ.

“އަޅުގަޑުމެންގެ އިލްތިމާސްއަކީ ކުދިންނާ ގުޅޭ މިފަދަ ހާއްސަ މައްސަލަތަކުގައި މީޑިއާގައި މައުލޫމާތު ހާމަކުރައްވާއިރު މައުލޫމާތުގެ ސައްހަކަން ކަށަވަރުކުރެއްވުމަށް ފަހު ރައްޔިތުންނަށް ހާމަކުރެއްވުން،” ޖެންޑާގެ ޓުވީޓުގައިވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: