ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ނެރެ, މާލެއިން ފުރުން މަނާކޮށްފި

ޓެރަރިޒަމްގެ ސީރިއަސް ތުހުމަތުތަކެއް ކުރެވޭ، އަމީން/ ފޮޓޯ: ފައިލް
ޝެއާރކޮށްލާ ކަހަލަދޯ؟

ހަނގުރާމަވެރި ޖަމާއަތްތަކަށް މީހުން ރެކްރޫޓްކުރާ ކަމުގެ ތުހުމަތުގައި ދައުވާކޮށްފައިވާ ޏ. ފުވައްމުލައް، މާދަޑު، ކަރިއްޔާވިލާ، މުހައްމަދު އަމީންގެ މައްޗަށް މޮނިކޮން އަމުރެއް ހައިކޯޓުން ނެރެފިއެވެ.

އަމީންގެ މައްޗަށް ހައިކޯޓުން ނެރުނު މޮނިކޮން އަމުރުގައި، މާލެއިން ބޭރަށް ދިއުމަށް ފުލުހުންގެ ހުއްދަ ހޯދުމަށާއި، އިރުއޮއްސި 6:00 އިން ހެނދުނު 6:00 އަށް ބޭރަށް ނުކުމެ ނޫޅެވޭނެ ކަމަށް ވަނީ ބުނެފައެވެ.

މޮނިކޮމް އަމުރަކީ ދިވެހިރާއްޖޭގެ ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން މަނާކޮށްފައިވާ ކުށްތައް ކުރާފަރާތްތަކުގެ ތެރެއިން މުޖުތަމަޢަށް ނުރައްކަލެއް ކުރިމަތި ކޮށްފާނެކަމަށް ހޯމް މިނިސްޓަރަށް ފެންނަ ފަރާތްތަކާ ގުޅޭ އެކަށިގެންވާ ތުހުމަތުތަކުގެ މައްޗަށް ބިނާކޮށް، ކުށްކުރާ ފަރާތް ‘މޮނިޓަރކޮށް ކޮންޓްރޯލްކުރުމަށް’ ކޯޓުން ނެރޭ އަމުރެކެވެ.

ކަނޑައަޅާފައިވާ މުއްދަތުގެ ތެރޭގައި ދައުވާކޮށްފައި ނުވާތީ ޓެރަރިސްޓް ޖަމާއަތެއްގައި ބައިވެރިވުމުގެ ކުށާއި ޓެރަރިޒަމްގެ އަމަލެއް ހިންގުމަށް ރޭވިކަމުގެ ކުށުގެ ދައުވާ ހައިކޯޓުން ވަނީ މިދިޔަ ބުރާސްފަތި ބާތިލުކޮށް އޭނާ ދޫކޮށްލައިފައެވެ. އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރަން ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ވަނީ ނިންމައިފައެވެ.

ހައިކޯޓުން އަމީން މިނިވަން ކުރުމަށް އަމުރު ކޮށްފައިވަނީ، ދަށު ކޯޓުގައި އުފުލާފައިވާ ދައުވާތައް ޝަރީޢަތުގެ ކުރިން އަމީންގެ ފަރާތުން ހުށައެޅި ހުށައެޅުންތަކެއް ބަލައިނުގަތުމަށް ނިންމުން ހައިކޯޓަށް ހުށައެޅުމުންވެސް ބަލައިނުގަނެ ބޭރުކޮށްލުމުން ސުޕްރީމް ކޯޓަށް ހުށައަޅައި އެކޯޓުން ކުރި ޢަމުރަށް މައްސަލަ ބެލުމަސްފަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: