ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޮން ގޮއްވާލިކަމަށް އަދުހަމް އިއުތިރާފް ވެއްޖެ

ނަޝީދަށް ހަމަލާދިން މައްސަލައިގައި ހިމެނޭ ޕްރައިމް ސަސްޕެކްޓް އަދުހަމް އަހުމަދު ރަޝީދު—
ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝިދަށް އަމާޒުކޮށް ބޮމެއް ގޮއްވާލި އަހުމަދު އަދުހަމަށް ކުރާ ދައުވާތަކަށް ޝަރީއަތުގައި އޭނާ މިއަދު އިއުތިރާފުވެއްޖެ އެވެ.

ރައީސް ނަޝީދަށް ދިން ހަމަލާގެ ޝަރީއަތްތައް މިއަދު ފަށައި އަދުހަމްގެ މައްޗަށް ދައުލަތުން ކުރާ 4 ދައުވާ ކޯޓުގައި އިއްވުމާ އެކު އަދުހަމް ވަނީ އޭނާގެ މައްޗަށް އުފުލާފައިވާ ހަތަރު ދައުވާއަށް ވެސް އިއުތިރާފުވާ ކަމަށާއި އެއްވެސް މަޖުބޫރުކަމެއް ބިރުވެރިކަމެއް އަދި ނުފޫޒެއް ވެސް ނެތް ކަމަށް ކަމަށް ބުނެފައެވެ.

އޭގެ ފަހުން ޝަރީއަތުގެ އަޑުއެހުން ވަނީ ސިއްރުކޮށްފަ އެވެ. އެއީ ގައުމުގެ ސަލާމަތަށް ނުރައްކާވާ ފަދަ މައުލޫމާތުތައް ޝަރީއަތުގައި ހިއްސާކުރަން ހުރުމުންނެވެ.

އަދުހަމްގެ މައްޗަށް ކުރާ ދައުވާތަކަކީ ޓެރަރިޒަމްގެ އަމަލެއް ކުރުމާއި ޓެރަރިޒަމްގެ އަމަލެއް ރޭވުމާއި ޓެރަރިސްޓް ޖަމާއަތަކަށް ތާއިދުކުރުމާއި ތޫހުނު އެއްޗެއް ނުވަތަ ނުރައްކާތެރި ހަތިޔާރެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މަރާލަން އުޅުމުގެ ދައުވާއެވެ.

މި ދައުވާތަކަށް އަދުހަމް އިއުތިރާފްވެ ވަނީ ދައުލަތާއެކު އެއްބަސްވުމެއް ހަދާފައެވެ. އެ އެއްބަސްވުން ހަދާފައިވަނީ އެ ކުށްތަކުގެ އަދަބަކަށް 23 އަހަރުގެ ޖަލު ހުކުމެއް އަންނަ ގޮތަށެވެ.

ވަރަށް ގަދަ
80%ވަރަށް ގަދަ 20%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: